ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓްރީ ކުރުމަށް 22 ޖަނަވަރީ 2022 ން 31 ޖަނަވަރީ 2022 ގެ 11:00 ގެ ނިޔަލަށް https://forms.gle/7Qt8Jn7Ed8pUgToRA މި ލިންކްގައިވާ ފޯމް ފުރިހަމަ ކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެދި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
މި އަންދާސީ ހިސާބާއި ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓީން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މީޓިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. އެ މީޓީންގައި https://meet.google.com/eca-yswu-qxr މި ލިންކް މެދުވެރިކޮށް ބައިވެރި ވެވޭނެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 ޖަނަވަރީ 2022 ވަނަ ދުވަހުގެ ކުރިން 9197904 މި ނަމްބަރަށް ގުޅުއްވައި ނުވަތަ makunudhoocouncil.haadhaalu@gmail.com މި އީމެއިލް އެޑްރެހަށް މެއިލް ކުރައްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 01 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 11:30 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!