ފާއިތުވި 2021 ވަނަ އަހަރު ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ.
މިގޮތުން ފާއިތުވި އަހަރު އެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެ ކޮމެޓީން އިސް ނަގައިގެން މިލަންދޫ ސްޕޯޓްސް ކުލަބާއި ގުޅިގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ކޮމެޓީއާއި މިލަންދޫގެ ކައުންސިލާއި ގުޅިގެން އެ ރަށުގެ މަގުތަކުގައި ވެހިކަލް ދުއްވުމަށް އުނދަގޫވާ ގޮތަށް ހުރި ބަނބުކެޔޮ ގަސްތައް ކޮށުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި
އެ ކޮމެޓީން އިސްނަގައިގެން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އަދި އެ ކޮމެޓީއާއި މިލަންދޫ ޕޮލިސްޓޭޝަނާއި މިލަނދޫ ސްކޫލް ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން " އެކުގައި ވާނަން- ބާކީއެއް ނުކުރާނަން" ނަމުގައި ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
އެ ކޮމެޓީއާއި މިލަންދޫ ކައުންސިލާއި، އެ ރަށު ޕޮލިސްޓޭޝަން ގުޅިގެން ދެ ހަފްތާގެ މުއްދަތަށް ކަސްރަތު ޕްރޮގްރާމެއް ކާމިޔާބު ކަމާއިއެކު ހިންގާފައިވެއެވެ.
އެ ކޮމެޓީން ފާއިތުވި އަހަރު ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގިފައި ނުވަނީ އެންމެ ޕްރޮގްރާމެކެވެ. އެއީ ފުޑް ފެއާއެވެ. އެ ކޮމެޓީން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ޕްރޮގްރާމް ހިންގިފައި ނުވަނީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުންނެވެ.
މި ހިނގާ 2022 ވަނަ އަހަރު އެ ކޮމެޓީން ވަނީ ޖުމްލަ ފަސް ދާއިރާއަކުން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ ތަޢުލީމީ ދާއިރާ، އަހެންހުން ބާރުވެރި ކުރުމުގެ ދާއިރާ، އިޖުތިމާޢީ ދާއިރާ، ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން މުނާސަބާ ފާހަގަ ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!