ހއ.ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ

ކުރިއަށް އޮތް އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ދާރުލް ޤުރުއާން ގުޅިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

ކޮންމެ ހަފްތާއަކު (ބްރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ކިޔަވައި ދިނުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑް ކޮޕީ ހިފައިގެން އެ ކައުންސިލަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް 1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަވަން ޖެހެއެވެ.

ކެލާ ކައުންސިލުން އަންނަނީ އެރަށުގެ ރައްޔިތުންގެ މަންފާއަށް މިފަދަ ހަރަކާތްތައް ރާވާ އިންތިޒާމް ކުރަމުންނެވެ.