ހދ. ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމަށާއި ލޮނުއެޅުމުގެ މަސައްކަތުގެ އިތުރުން ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ކައުންސިލުން އިއްޔެ ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދުގެ (ޤަވައިދު ނަންބަރު: (2018/R-69 8 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 66 ވަނަ އާންމު ބައްދަލުމުގައި އެކަމާ ގުޅޭ އުސޫލު ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލު މި މަހުގެ 11 ވަނަ ދުވަހު ގެޒެޓްގައި އާންމު ކުރެވިފައިވާ ކަމަށެވެ.

Ad
rt

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތްތައް ކުރުމަށް ބިންތައް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ ކަމަށާއި، މި ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އެ ކައުންސިލަށް ހުށަހެޅުއްވުމަށެވެ.

މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ނެގުމަށް އެދޭ ފޯމު އެ ސިޓީ ކައުންސިލުގެ ކައުންޓަރުންނާއި އޮންލައިން ކޮށް ލިބޭނޭ އިންތިޒާމް އެ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ބިންތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިންތައް ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުނަގައިގެން ކަމަށެވެ.

ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/97867.pdf

އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/97869.pdf