ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 34 އަހަރުގެ ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފައި ވަނީ މިއަދުއެވެ. ބުސްކެޓްސް އެންމެ ފަހުން ސްޕެއިން ޓީމަށް ކުޅެފައި ވަނީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯއާއި ދެކޮޅަށެވެ. ވޯލްޑް ކަޕްގައި ސްޕެއިން ޓީމްގެ ކެޕްޓަނަކީ ވެސް އޭނާއެވެ.

Ad
rt

ގައުމީ ޓީމަށް ކުޅުން ހުއްޓަލިކަން އިޢުލާން ކޮށް އޭނާ ބުނެފައި ވަނީ ފާއިތުވި 15 ވަރަކަށް އަހަރު ގައުމީ ޓީމަށް ކުޅެފައިވާނީ، ގައުމީ ޓީމުގެ ހައްގުގައި ކަމަށެވެ. އޭނާ އިތުރަށް ބުނެފައުވަނީ، އޭނާއަށް ގަބޫލްކުރެވޭ ގޮތުގައި މިއީ ގައުމީ ޓީމާއި ދުރަށް ޖެހިލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އޭނާ ވަނީ ސްޕެއިނަށް 143 މެޗު ކުޅެދީފައެވެ.

ބުސްކެޓްސް ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދީފައި ވަނީ 2009 ވަނަ އަހަރުއެވެ. ފާއިތުވި މުއްދަތުގައި އޭނާ ވަނީ ސްޕެއިނާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

ބުސްކެޓްސް އަކީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ މިވަގުތު އެ ޓީމްގެ ވެސް ކެޕްޓަނެވެ.