ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އެމްޓީސީސީ ސީއެސްއާރުގެ ދަށުން ހަނިމާދޫ ކައުންސިލާއި ގުޅިގެން ހަނިމާދޫ ސްކޫލުގެ ކުރިމަތީގައި މިހާރު ވަނީ ބެލެނިވެރިންގެ ހިޔާއެއް ވެސް ތަރައްޤީ ކޮށްފައެވެ.

Ad
rt

އެ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކެންޓީން ތަރައްޤީ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ، ދަރިވަރުންނަށް ސްޓަޑީ ކުރުމަށް ބޭނުން ހިފޭނޭ އިންތިޒާމް ތަކާއި އެކުގައެވެ.

ކެންޓީން އެޅުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ 10:00 އަށް ހަނިމާދޫ ކައުންސިލްގެ ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށް ފަހު، ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

ސްކޭޓް ޕާކް އެޅުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ 10:30 އަށް ހަނިމާދޫ ކައުންސިލްގެ ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށް ފަހު، އަންނަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު 11:00 އަށް ހަނިމާދޫ ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.