ތިލަދުންމަތީ އުތުރުބުރީ އުލިގަމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އުޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށާއި ކުލަބް ޖަމިއްޔާތަކަށެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ބަރާބަރަށް ޖީއެސްޓީ ދައްކަމުން އަންނަ ފަރާތަކަށް ވާންޖެހޭއިރު، މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ހުށަހަޅަން ޖެހެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ 11:00 އަށް ޔޫތު މިނިސްޓްރީއަށް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/110643.pdf
ބީއޯކިއު: https://storage.googleapis.com/gazette.gov.mv/docs/iulaan/110644.xlsx
ޕްރޮޖެކްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/110645.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!