ސްޓްރާސްބޯގާ އަތުން ޕީއެސްޖީއަށް އުނދަގޫ މޮޅެއް

photo_2022-12-29_13-03-17

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ސްޓްރާސްބޯގާ ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ.

ވޯލްޑް ކަޕް ބްރޭކަށް ފަހު ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 2-1  ގެ ނަތީޖާއިންނެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މެސީ ވޯލްޑް ކަޕަށް ފަހު މިހާތަނަށް އަދި ޓީމާއި ގުޅިފައިނުވާތީ ރޭގެ މެޗުގައި އޭނާ  ނުކުޅެއެވެ.  ނަމވެސް އެ ޓީމްގެ ތަރިން ކަމަށްވާ އެމްބާޕޭއާއި ނޭމާ ވަނީ ކުޅެފައެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ޕީއެސްޖީން ކުޅެފައިވާއިރު، އެ ޓީމަށް ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ނޭމާ ތަނަވަސް  ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާކީނިއޯސްއެވެ.

ނަމަވެސް މެޗުގެ 51 ވަނަ މިނެޓުގައި މާކީނިއޯސް އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.

މެޗުން މޮޅުވާން ޕީއެސްޖީ ކުރަމުން އައި މަސައްކަތަށް އިތުރު ގޮންޖެހުން ކުރިމަތިވެފައި ވަނީ މެޗުގެ 62  ވަނަ މިނެޓުގައި އެ ޓީމްގެ  ތަރި ނޭމާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދެއްކުމާއި ގުޅިގެންނެވެ.

ނޭމާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައި ވަނީ ސްޓްރާސްބޯގާގެ އޭރިއާ ތެރެއިން ޕެނަލްޓީ ހޯދުމަށް ޑައިވް ކުރުމާއި  ގުޅިގެންނެވެ.

މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ސްޓްރާސްބޯގާގެ އޭރިއާ ތެރެއިން އެމްބާޕޭއަށް  ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވެސް އެމްބާޕޭއެވެ.

މި ނަތީޖާއާއި އެކު ޕީއެސްޖީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 16 މެޗުން ލިބުނު 44 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތީ  ލެންސްއެވެ.  އެ ޓީމަށް 16 މެޗުން ލިބިފައި ވަނި 36 ޕޮއިންޓެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *