އަމިއްލަ ދަނޑުގައި ފްރެއިބާގް އަތުން ޔުވެންޓަސް އަށް ހަނި މޮޅެއް
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްއާއި ފްރެއިބާގް ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ޓީމް ބައްދަލުވުމަށް ލަހުން އައުމާއި ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރ ޕޮގްބާ ވަނީ ރޭ މެޗަށް އެކުލަވާލި ޓީމުން ބާކީ ކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޕޮގްބާ އަލުން […]