ތިލަދުންމަތީ އުތުރުބުރީ އުލިގަމު މިސްކިތްތަކުގައި އަމިއްލަ ފަރުދުން ބަހައްޓާފައިވާ ގޮނިޑިފަދަ ތަކެތި ނެގުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިއަދު އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް އެ ރަށުގެ ބައެއް މިސްކިތްތަކުގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ގޮނޑިފަދަ ތެކެތި އެ ބެހެއްޓި ފަރާތްތައް ނޫން އެހެން ފަރާތްތަކުން ބޭނުން ކުރުމާއި ގުޅިގެން މިސްކިތުގެ ތެރޭގައި އަޑުގަދަވެ އަޅުކަންކުރާ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

Ad
rt

ސަރުކާރުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ތަނެއްގައި އަމިއްލަ ފަރުދުން، އެއްވެސް ހުއްދައަކާއި ނުލައި ތަކެތި ބެހެއްޓުމަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދު ބުނާގޮތުން މަނާ ކަމެކެވެ.

އުލިގަމު މިސްކިތްތަކަށް ތަކެތި ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އަމިއްލައަށް އެ ތަކެތި މިސްކިތްތަކަށް ނުލެއްވުމަށް އިލްތިމާސް ކުރައްވާ އެ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ކައުންސިލު މެދުވެރިކޮށް އެފަދަ ކަންކަން ކުރިއަށް ގެންދިޔުމަށް އެދިލައްވާ ކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ މިސްކިތްތަކުގައި ބަހައްޓާފައިވާ އަމިއްލަ ފަރުދުންގެ ތަކެތި މި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން ގެންގޮސް ނިންމެވުމަށް އަންގާފައެވެ.