ލައިޕްޒިގް ދޫކޮށް އެންކުންކޫ ޗެލްސީއަށް
ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކްރިސްޓޮފަރ އެންކުންކޫ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީއަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އެންކުންކޫއާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2029 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. އެންކުންކޫ ވަނީ ނިމުނު ސީޒަންގައި ލައިޕްޒިގަށް ކުޅެދިން 38 މެޗުގައި 2...