ތިލަދުންމަތީ ދެކުނުބިރީ ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޭމްޕަކީ ކުމުންދޫގައި ނެޓްބޯޅަކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް މިކުޅިވަރުގެ ތެރެއަށްވަނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށް ކުރިއަށް ގެންދާ ކޭމްޕެކެވެ.
ޖުމްލަ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ރާވާފައިވާ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިހަ އަހަރުން މަތީގެ ކުމުންދޫގެ ކަނބަލުންނަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 30 ބައިވެރިން ބައިވެރިވާނަމައެވެ.
މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ކުމުންދޫ ކައުންސިލަށް ހުށަހެޅުމަށް އެ ކޮމެޓީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!