އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!
ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ތަޢާރަފްވެ ބައެއް އަތޮޅުތައް ގުޅާލުމުން، އެ އަތޮޅުތަކުގެ މީހުންނަށް ލިބުނު ފަސޭހަތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ވާހަކަތައް އެކިއެކި މަންސަތަކުގައި ގިނަބަޔަކު ހިއްސާކުރަނީ އުފަލާއި އެކުގައެވެ. ނަމަވެސް މި ފެރީގެ ނިޒާމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރި ފަސޭހަތަކުގެ ވާހަކައަކީ އާންމު ވާހަކައަކަށް ނުވެދާނެއެވެ. މިހާރު ބްލައިންޑް އެސޯސިއޭޝަންގެ ބައެއް މެމްބަރުން...