ހިރިމަރަދޫ ފައިގަތަޅާ ފޯރީގެ ޗެމްޕިއަންކަން ލޭޑީލޭޑީ ހޯދައިފި
ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ “ކްލަބް ޑޮމިނޭޓާސް ފައިގަތަޅާ ފޯރި 2023” ގެ ޗެމްޕިއަންކަން ޓީމް ލޭޑީލޭޑީ އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އެނދިނޭނދިއާއި ލޭޑީލޭޑީއެވެ. މި މެޗު 14-10 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ލޭޑީލޭޑީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލޭޑީލޭޑީގެ އާތިފާ މުޙައްމަދެވެ. މުބާރާތުގެ އެންމެ […]