Skip to main content

އައިމިނަތު ޔުމްނާ

Viewer
🇲🇻 ތިލަދުން Desk
120 Stories
1 Reads

Published on ތިލަދުން (Thiladhun) by އައިމިނަތު ޔުމްނާ

އިންޑިއާގެ މަހާރާޝްތްރާގެ އިމާރާތެއް ވެއްޓި 15 މަރު
International

އިންޑިއާގެ މަހާރާޝްތްރާގެ އިމާރާތެއް ވެއްޓި 15 މަރު

އިންޑިއާގެ މުންބާއި ނިސްބަތްވާ މަހާރާޝްތްރާގައި ހުރި 5 ފަންގިފިލާގެ އިމާރާތެއް ވެއްޓީ 15 މީހުން މަރުވެއްޖެއެވެ. އިންޑިއާސް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެއިސްވެރިޔާ އަނޫޕަމް ޝްރިވާސްތަވް ބުނެފައިވަނީ 4 މީހަކު އަދިވެސް ނުފެންނަކަމަށާއި ލަފާކުރެވޭގޮތުގައި އެމިހުންތިބީ އިމާރާތުގެ ދަށުގައި ތާށިވެފައެި ކަމަށެވެ. ވެއްޓުނު މިއިމާރާތުގެ ދަށޫން 4 އަަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު، އެ ސަރަޙައްދުގެ ފުލުހުންނާއި ހަވާލާދީ ބިޒްނަސް ސްޓޭންޑާޑްގައި ބުނެފައި ވަނީ އެ ހާދިސާގައި 15...

ބަޑިޖަހާ 51 މުސްލިމުން ޝަހީދުކޮށްލި މީހާ، ޝަހީދުވި މީހުންގެ ޢާއިލާގެ ކުރިމައްޗަށް
International

ބަޑިޖަހާ 51 މުސްލިމުން ޝަހީދުކޮށްލި މީހާ، ޝަހީދުވި މީހުންގެ ޢާއިލާގެ ކުރިމައްޗަށް

2019 ވަނަ އަހަރު މާރިޗްމަހު ނިއުޒިލޭންޑްގެ ކްރައިސްޓްޗަރޗްގެ މިސްކިތެއްގައި ނަމާދަށް ތިބިބަޔަކަށް ބަޑިން ހަމަލާ ދިނުމުން ހައްޔަރުކުރި ބްރެންޓަން ޓެރަންޓް ކޯޓަށް ހާޒިރުކޮށް އެ ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ މީހުންނާއި ކުރިމަތި ކުރުވައިފިއެވެ. އެމީހާ ވަނީ ކުޑަކުދިން ހިމެނޭގޮތަށް 51 މީހެއްގެގަޔަށް ބަޑިޖަހާފައެވެ. ޓެރަންޓް ހޯމަދުވަހު ކޯޓަށް ހާޒިރުކުރުވީ ހުކުމްއިއްވުމުގެ ކުރިން ބާއްވާ 4 އަޑުހެމުގެ ތެރެއިން ފުރަތަމަ އަޑުއެހުމަށްށެވެ. މައިސޫން ސަލާމާގެ ދަރިފުޅު އެހާދިސާގައި ޝާހީދުވުމުން އޭނާ މުޖުރ...

10،000 ކޮތަރު ފަތުން އުފައްދާފައިވާ އުފެއްދުމެއް
International

10،000 ކޮތަރު ފަތުން އުފައްދާފައިވާ އުފެއްދުމެއް

ލަންޑަނަށް އުފަން ސްކަލްޕްޓަރ ކޭޓް މެކްވައަރ އަކީ ބޭނުން ނުކޮށް ހުންނަ ތަކެތިން ސްކަލްޕްޗަރ ތައްޔާރުކުރާ އާޓިސްޓެކެވެ. އޭނާ ބޮޑަށް ޝައުގުވެރި ވަނީ އުކާލާފައި އަދި ބޭނުން ނުކޮށް ހުންނަ ތަކެތި އެއްކޮށްގެން އާ ތަކެތި އުފެއްދުމަށެވެ. މެކްވައަރ އެންމެ ފަހުން ތައްޔާރުކުރި “ޑިސްޗަރޖް” ނަމަކަށް ކިއާ ސްކްލްޕްޗަރ ތައްޔާރު ކޮށްފައި ވަނީ 10،000 ކޮތަރު ފަތުންނެވެ. އޭނާ ކޮތަރު ފަތް އެއްކޮށްފައި ވަނީ ކޮތަރު ގެންގުޅޭ މީހުން އަތުންނެވެ. މީގެ އިތުރުން ކޮތަރު ރޭސް ޖަހުވާ […]

ފިލިޕީންސްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 14 މަރު
International

ފިލިޕީންސްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 14 މަރު

ފިލިޕީންސްގެ ޖޯލޯ އަވަށަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 14 މީހުން މަރުވެ އެތައްބަޔަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ. މިހަމަލާ ދީފައި ވަނީ އަންހެނެއްގެ ގައިގާ ބޮން ހަރުކޮށްގެން ކަމަށް މީޑިއާގައި ވަނީ ރިޕޯޓު ކޮށްފައެވެ. ފިލިޕީންސްގެ ރެޑްކްރެސެންޓްގެ ޗީފް އަދި އަދި ސެނެޓަރ ރިޗަރޑް ގޯޑަން ބުނެފައި ވަނީ މި ހަމަލާދީފައި ވަނީ މިއަދު މެންދުރު 2:00 ޖަހާކަށް ހާއިރު ކަމަށެވެ. ގޯޑަން ހާމަކުރިގޮތުގައި އެ އަވަށަށް ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ. އޭގެތެރެއިން ފުރަތަމަ […]

ކޯވިޑާއިއެކު އުޅެން ދަސްކުރަން ދިރާސާއެއް ހެދުމަށް ގިނަބަޔަކު އެއްތަނަކަށް ޖަމާވެއްޖެ
International

ކޯވިޑާއިއެކު އުޅެން ދަސްކުރަން ދިރާސާއެއް ހެދުމަށް ގިނަބަޔަކު އެއްތަނަކަށް ޖަމާވެއްޖެ

ކުރީގެ ނޯރމަލް ދިރިއުޅުމަށް އަނބުރާ ދެވޭނެތޯ ބެލުމަށާއި، ވައިރަސްއާއި އެކު ދިރިއުޅެން ދަސްކުރުމުގެ ބޭނުމަށް ޖަރުމަނުގެ ލީޕްޒިގްގައި ބަޔަކު އިންޑޯ ކޮންސަރޓެއް ބާއްވައި، އެތައްބަޔަކު އެތަނަށް ޖަމާވެއްޖެއެވެ. މި އެއްވުމަކީ ޖަރމުނުގައި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ސައިންސް ދިރާސާއެއްގެ ގޮތުގައި ޝޯއެއް ބޭއްވުމުގެ ފުރުސަތު ދިނުމުން ބޭއްވި އެއްވުމެކެވެ. މި ގޮތުން ބޭއްވުނު ޝޯގައި އަނދިރީގައި ދިއްލޭ (ގްލޯއިންދަޑާރކް) ހޭންޑް ސެނިޓައިޒަރ އަދި އިލެކްޓްރޯނިކް ޓްރެކަރ ވަނި ބޭނުންކޮށްފައެވެ. ޖަރުމަނުގައި މ...

މުސީބާތާއި ކުރިމަތި ވުމަކީވެސް އިމްތިހާނެއް
Column

މުސީބާތާއި ކުރިމަތި ވުމަކީވެސް އިމްތިހާނެއް

ރަނގަޅަށް އުޅޭމީހުންނަށް މުސީބާތް ކުރިމަތިވަނީ ކީއްވެތޯއާއި އަދި ގޯސްކޮށްއުޅޭ މީހުންނަށް ރަނގަޅުގޮތް މެދުވެރިވަނީ ކީއްވެތޯ މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އޭނާ އަކީ މާތްﷲ އެންގެވިމަގަށް އުޅޭ މީހެއް ނޫން ނަމަވެސް އޭނާ މާމުއްސަންދީ ކީއްވެތޯއާއި، އަދި ވިޔާނުދާކޮށް އުޅޭ މީހުން ދިރިއުޅުން އުފާވެރިކަމާއި މެދު ވެސް ބައެއް މީހުންގެ ހިތުގައި ސުވާލު އުފަށްދައެވެ. މިއީ އިންސާނުންގެ ހިތުގައި މަދުން ނަމަވެސް އުފެދޭ ބައެއް ސުވާލުތަކެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވަނީ […]

ރުއުމަޓޮއިޑް އާތްރައިޓިސް އަކީ ކޮބާ؟
Report

ރުއުމަޓޮއިޑް އާތްރައިޓިސް އަކީ ކޮބާ؟

ރުއުމަޓޮއިޑް އާތްރައިޓިސް ނުވަތަ އާރްއޭ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅިގެން ހަށިގަނޑުގައި ހުންނަ ސިއްހަތު ރަނގަޅު ސެލްތަކަށް (އޮޓޯއިމިއުން) ހަމަލާ ދިނުމުން ހަށިގަނޑުގެ ތަންތަން ދުޅަވެ، ތަދުވާން މަގުފަހި ކުރުވާ ބައްޔަކަށް ކިއާ ނަމެކެވެ. އާތްރައިޓިސްގެ ސަބަބުން އާންމުކޮށް ދަތުވަނީ ހުޅަށް ނުވަތަ ގައިގެ އެކި ހުޅުހުޅަށެވެ. ގިނަ ފަހަރު އާތްރައިޓިސްގެ ސަބަބުން ތަދުވަނީ އަތުގެ ހުޅުތަކާއި އަތްތިލައިގެ ހުޅުތަކަށާއި ފަޔާ ކަކުލުގެ ހުޅުތަކަށެވެ. އާތްރައިޓިސްގެ ސަބަބުން ހުޅުހުޅު ވަށައިގެންވާ ފަށަލަ ދުޅަ...

ލޮލުގެ އިސާރާތުން ކުރަހާ އަޖައިބެއް ފަދަ ކުރެހުންތެރިއެއް
International

ލޮލުގެ އިސާރާތުން ކުރަހާ އަޖައިބެއް ފަދަ ކުރެހުންތެރިއެއް

ލަންޑަންގައި ދިރިއުޅޭ ސާރާ އިޒިކިއަލް ހުނަރުވެރިކަން ފާހަގަކޮށް އޭނާ އަށް ވަނީ ކުރެހުންތެރިކަމުގެ ރޮނގުން ބައިނަލްއަގުވާމީ އެވޯޑެއް ލިބިފައެވެ. ސާރާއަކީ ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ދެއަތް ބޭނުން ނުކުރެވޭ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. ސާރާގެ ކުރެހުންތައް ކުރަހާފައި ހުންނަނީ އޭނާގެ ލޮލުގެ އިސާރާތުންނެވެ. އޭނާ މިގޮތަށް ލޮލުގެ އިސާރާތުން ކުރަހަނީ އެކަމަށް ތައްޔާރުކޮށް ފައިވާ ހާއްސަ ޓެކްނޮލޮޖީ އެއްގެ އެހީގައެވެ. ކޮމްޕިއުޓަރ ގެ ޒަރިއްޔާއިން މި ޓެކްނޮލޮޖީ މެދުވެރިކޮށް ސާރާގެ ލޮލުގެ ހަރާކ...

ބާރުގަދަ ތޫފާންތަކެއް އުފެދެމުން އަންނާތީ ގަލްފްކޯސްޓް އެލަރޓްއަށް
International

ބާރުގަދަ ތޫފާންތަކެއް އުފެދެމުން އަންނާތީ ގަލްފްކޯސްޓް އެލަރޓްއަށް

ބާރުގަދަ ދެތޫފާން އުފެދެމުން އަންނާތީ ގަލްފް ކޯސްޓްގައި ދިރިއުޅޭ މީހުން ސަމާލުވެތިބުމަށް އިންޒާރު ނެރެފިއެވެ. މިތޫފާނުތަކުގެ އަސަރު ކުރިއަށްއޮތް ދުވަސްތަކުގައި ފޯރާނެކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެންމެ ފުރަތަމަ އަރާނެކަމަށް ލަފާކުރެވޭ ތޫފަނަށް ވަނީ “ލައުރާ” ގެނަމުން ނަންދީފައެވެ. މިހާރު އެތޫފާން އުފެދެމުން ދަނީ ޕުއަރޓޯ ރީކޯ މަތީގައެވެ. މޫސުމީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހިސްޕަނިއޯލާ އަދި ކިއުބާއަށް މިތޫފާންގެ އަސަރު ކުރާނެއެވެ. ދ...

އެމޭޒޮން ޖަންގަލި ބަލާލަން ދިއުމަށް ބުރެޒިލް ވީޕީގެ ދަޢުވަތު ލިއަރނާޑޯއަށް
International

އެމޭޒޮން ޖަންގަލި ބަލާލަން ދިއުމަށް ބުރެޒިލް ވީޕީގެ ދަޢުވަތު ލިއަރނާޑޯއަށް

އޭމޭޒޮން ރެއިން ފޮރެސްޓްގެ ހާލަތު ބަލާލަން ދިއުމަށް ބްރެޒިލްގެ ނައިބު ރައީސް ހެމިލްޓަން މޮއުރާއޯ މަޝްހޫރު ފިލްމީ ތަރި އަދި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ލިއަރނާޑޯ ޑީކެޕްރިއޯއަށް ދައިވަތު އަރުވައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ރެއިން ފޮރެސްޓް ހަލާކު ކުރަނީކަމަށް ބުނެ އެތައް ތުހުމަތު ތަކެއްގެ އިނގިލި ބްރެޒިލް ސަރުކާރަށް ދިއްކޮށްފައިވާ ވަގުތެއްގައި މިދަޢުވަތު ލިއަނާޑޯއަށް އަރުވާފައި މިވަނީ އެ ޖަންގަލީގެ ހަގީގީ ހާލަތު ދައްކާލުމަށް ކަމަށް އެޤައުމުން ބުދަދުވަހު ވަނީ ހާމަ ކޮށްފައެވެ. ރަ...

ޑަލްގޯނާ ކޮފީއަށްފަހު ޓްރެންޑްވަނީ "ކްލައުޑް ބްރެޑް" ރެސިޕީވެސް މިއޮތީ!
International

ޑަލްގޯނާ ކޮފީއަށްފަހު ޓްރެންޑްވަނީ "ކްލައުޑް ބްރެޑް" ރެސިޕީވެސް މިއޮތީ!

ޓިކްޓޮކް އަކީ މަދު ސާމާނު ބޭނުން ކޮށްގެން މީރު ކާބޯތަކެތި ތައްޔާރުކުރާގޮތް ދޭތެރެއަކުން އާންމުވެގެންދާ ޕްލެޓްފޯރމްއެކެވެ. ޑަލްގޯނާ ވިޕްޑް ކޮފީ، ކްރީމް ބްރޫލީ އަށްފަހު މިހާރު އާންމުވެފައިމިވަނީ “ކްލައުޑް ބްރެޑް” އެވެ. މިހާރު ޓިކްޓޮކްގައި cloudbread# ޖަހާލުމުން ފެނިގެން ދާނީ މުޅިން ވެސް މަޑު ކަފަކޮޅެއްފަދަ ޕާނެއް މީހުން ތައްޔާރުކުރާ ތަނެވެ. މިއީ ހަމައެކަނީ ބިހުގެ ހުދުބަޔާއި، ކޯންސްޓާރޗް އަދި ހަކުރު ބޭނުން ކޮށްގެން ތައްޔާރުކުރާ ޕާނެކެވެ. މިޕާން ތައްޔާރުކުރަން ބިހުގެ ހުދުބައި ގޮބޮޅިއާއި ވަކިކޮށްފައި...

ޖޯންސަން އެންޑް ޖޯންސަންސްގެ ވެކްސިން ޓެސްޓުކުރަން ފަސްދޮޅަސް ހާސް ވޮލެންޓިއަރުން
International

ޖޯންސަން އެންޑް ޖޯންސަންސްގެ ވެކްސިން ޓެސްޓުކުރަން ފަސްދޮޅަސް ހާސް ވޮލެންޓިއަރުން

ކޯވިޑް-19 އަށް ތައްޔާރުކުރާ ވެކްސިންތަކުގެ ކްލިނިކަލް ޓްރައަލްތައް ހިމެނޭ އެމެރިކާ ސަރުކާރުގެ ޓޭޓާބޭސްގައި ވާގޮތުން މަޝްހޫރު ޖޯންސަން އެންޑް ޖޯންސަންސް ކުންފުނިން ތައްޔާރުކުރާ ވެކްސިން 60،000 ވޮލެންޓިއަރުންގެ ގަޔަށް ޖަހަން ނިންމާފައިވާކަމަށް ބުނެފިއެވެ. މިޓެސްޓުތައް ސެޕްޓެމްބަރު މަހު ފަށާނެކަމަށް މައުލޫމާތު ހާމަކޮށްފައިވާއިރު، އޯގަސްޓް 10 ވަނަދުވަހު އެމެރިކާ ސަރުކާރުން ބުނެފައި ވާގޮތުގައި މިޓެސްޓުތައް އެމެރިކާގެ 180 އަވަށެއްގައި ކުރިއަށް ގެންދާނެއެވެ. އޭގެ އިތުރުން ބްރެޒިލް، މެކްސިކޯ ފަދަ ޤަ އުމ...

ކޯވިޑް-19: ސައުތު ކޮރެއާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި
International

ކޯވިޑް-19: ސައުތު ކޮރެއާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި

ސައުތު ކޮރެއާގައި ފާއިތުވީ ފަސް ދުވަސް ތެރޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން 3 ގުނައަށް އިތުރު ވެފައިވާތީ، އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގަވާއިދުތައް ވަރުގަދަ ކޮށްފިއެވެ. ސައުތު ކޮރެއާގެ “ދަ ކޮރެއާ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން ” (ކޭސީޑީސީ) އިން ރިޕޯރޓް ކޮށްފައިވާގޮތުގައި ހޯމަދުވަހު ދަންވަރުން ފެށިގެން މިއަދާހަމައަށް 740 މީހަކު އެ ޤައުމުން ޕޮޒިޓިވް ވެފައި ވެެއެވެ. ސައުތު ކޮރެއާ އަކީ ކޯވިޑް-19 އެންމެއަވަހަށް ކޮންޓްރޯލް ކުރި ގައުމުތެރޭން […]

ކޯވިޑް-19އިން އަރައި ނުގަނެވިގެން އުޅެނިކޮށް ވޫހާން ސިޓީގައި ބޮޑު ޕާޓީއެއް ބާއްވައިފި
International

ކޯވިޑް-19އިން އަރައި ނުގަނެވިގެން އުޅެނިކޮށް ވޫހާން ސިޓީގައި ބޮޑު ޕާޓީއެއް ބާއްވައިފި

އެންމެފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީ އަދި މިހާތަނަށް މުޅިދުނިޔޭގައި ވެސް ފުރަބަންދު އެންމެ ހަރުކަށިކޮށް ކުރެވިގެންދިޔަ ވުހާންގައި ގިނަބަޔަކު އެއްވެގެން ވޯޓަރ ޕާކެއްގައި ޕާޓީއެއް ބާއްވައިފިއެވެ. މާސްކާއި ގައިދުރުކަން ހަނދާން ނައްތާލާލައި އިލްކްޓްރޯނިކް މިއުޒިކް ފެސްޓިވަލެއް ވޯޓަރ ޕާކުގައި ކުރިއަށް ގެންދިއުމުން ގިނަބަޔަކު ސިފަކުރަނީ ޗައިނާގެ ވުހާން ސިޓީގެ މީހުން ކޯވިޑް-19 ހަނދާން ނައްތާލާލައި އެކަމުން އަރައިގަތީކަމަށެވެ. ހަފްތާބަންދުގައި ވުހާން މާޔާ ބީޗް ވޯޓަރ ޕާކުގައި މިފެސ...

ފިލިޕީންސްއަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
International

ފިލިޕީންސްއަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސްއަށް 6.6 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސް، އެކަކު މަރުވެ އެތައް ބައަކަށް އަނިޔާވެއްޖެއެވެ. މި ބިންހެލުމުގެ އަސަރުކުރި އެ ޤައުމުގެ ސަރަހައްދުގެ އިމާރާތްތައް ހަލާކުވުމުން ގިނަބައަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. މި ބިންހެލުމުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު، 43 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި އެ ޤައުމުން ބިންހެލުމުގެ އަސަރުކުރި ސަރަޙައްދުގެ އިމާރާތްތަކާއި މަގުތައް ވަނީ ހަލާކުވެފައެވެ. މި ބިންހެލުމުގެ އަސަރު ކޮށްފައި ވަނީ ބިކޯލް ރީޖަންގެ މަސްބާޓޭ އ...