2019 ވަނަ އަހަރު މާރިޗްމަހު ނިއުޒިލޭންޑްގެ ކްރައިސްޓްޗަރޗްގެ މިސްކިތެއްގައި ނަމާދަށް ތިބިބަޔަކަށް ބަޑިން ހަމަލާ ދިނުމުން ހައްޔަރުކުރި ބްރެންޓަން ޓެރަންޓް ކޯޓަށް ހާޒިރުކޮށް އެ ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ މީހުންނާއި ކުރިމަތި ކުރުވައިފިއެވެ. އެމީހާ ވަނީ ކުޑަކުދިން ހިމެނޭގޮތަށް 51 މީހެއްގެގަޔަށް ބަޑިޖަހާފައެވެ.

ޓެރަންޓް ހޯމަދުވަހު ކޯޓަށް ހާޒިރުކުރުވީ ހުކުމްއިއްވުމުގެ ކުރިން ބާއްވާ 4 އަޑުހެމުގެ ތެރެއިން ފުރަތަމަ އަޑުއެހުމަށްށެވެ. މައިސޫން ސަލާމާގެ ދަރިފުޅު އެހާދިސާގައި ޝާހީދުވުމުން އޭނާ މުޖުރިމާ ދިމާލަށް އިއްޔެ ކޯޓުގައި ބުނެފައިވަނީ އޭނާ ދުވަހަކު ވެސް ބްރެންޓަންއަށް މާފުނުކުރާނެކަމަށެވެ. އަދި އޭނާކުރި ހަޑިމުޑުދާރު ރަހުމެއްނެތް އަމަލަށް މުޅިދުނިޔެ ވެސް އޭނާއަށް މައާފް ނުކުރާނެކަމަށެވެ. ސަލާމާގެ އުމުރުން 33 އަހަރުގެ ދަރިފުޅު ވަނީ މިހާދިސާގައި ޝަހީދުވެފައެވެ.

Ad
rt

ބްރެންޓަން ޓެރަންޓް މިއަދު ކޯޓަށް ގެނެވުނުއިރު އޭނާގެ މޫނުމަތިން އެއްވެސް ކަންބޮޑުވުމެއް ނުވަތަ މޮޅިވެރިކަމުގެ އިހުސާސެއް ފެންނާކަށް ނެތެވެ.

އޭނާ ވަނީ ބަޑިޖެހުމުގެ ހާދިސާގައި އުމުރުން 3 އަހަރުގެ މުކާދް އިބްރާހިމް ނަމަކަށް ކިއާ ކުއްޖެއް ވެސް ޝަހީދު ކޮށްލާފައެވެ. މިއީ މިހާދިސާގައި ޝަހީދުވި އެންމެ ތުއްތު ކުއްޖާއެވެ. އެކުއްޖާގަޔަށް ބަޑިޖެހައި ޝަހީދުކޮށްލީ އެކުއްޖާގެ ބައްޕަގެ ފައިގާ ބައްދައި ގަނެގެން އޮއްވައި ދެފަހަރު ބަޑިޖެހުމަށް ފަހުއެވެ.

ބްރެންޓަން ހައްޔަރު ކުރެވުނު އިރުއޭނާގެ މިސްރާބު ހުރީ އެހެން މިސްކިތަކަށް ހަމަލާދޭން ދިއުމަށެވެ. އޭނާ ހުރީ މިސްކިތުގައި ރޯކޮށްލަން ވާންޖެހޭ ތައްޔާރީތައް ވެގެންކަމުގައި ޕްރޮސެކިއުޓަރ ވަނީ ވިދާޅުވެފައެވެ.