ލަންޑަނަށް އުފަން ސްކަލްޕްޓަރ ކޭޓް މެކްވައަރ އަކީ ބޭނުން ނުކޮށް ހުންނަ ތަކެތިން ސްކަލްޕްޗަރ ތައްޔާރުކުރާ އާޓިސްޓެކެވެ. އޭނާ ބޮޑަށް ޝައުގުވެރި ވަނީ އުކާލާފައި އަދި ބޭނުން ނުކޮށް ހުންނަ ތަކެތި އެއްކޮށްގެން އާ ތަކެތި އުފެއްދުމަށެވެ.
މެކްވައަރ އެންމެ ފަހުން ތައްޔާރުކުރި "ޑިސްޗަރޖް" ނަމަކަށް ކިއާ ސްކްލްޕްޗަރ ތައްޔާރު ކޮށްފައި ވަނީ 10،000 ކޮތަރު ފަތުންނެވެ.
އޭނާ ކޮތަރު ފަތް އެއްކޮށްފައި ވަނީ ކޮތަރު ގެންގުޅޭ މީހުން އަތުންނެވެ. މީގެ އިތުރުން ކޮތަރު ރޭސް ޖަހުވާ މީހުން އަތުން ވެސް އޭނާއަށް ވަނީ ފަތް ލިބިިފައެވެ. އޭނާ މިފަތް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ވަނީ ދިގުމިނުގައި 5 މީޓަރ ހުންނަ ސްކަލްޕްޗަރ އެކެވެ. މިސްކަލްޕްޗަރ ހަދާފައިވަނީ ފޮތް ހަރުގަނޑެއްގެ މަތިން ތިރިއަށް ވާގޮތަށެވެ.
"ޑިސްޗަރޖް" ގެއިތުރުން އޭނާގެ ދައްކާލުމަށް ވަނީ އިތުރު އާރޓްގެ މަސައްކަތްތައް ކޮށްފައެވެ. އޭގެ ތެރެގޭގައި "މެނޭޖެރީ" ނަމަކަށް ކިއާ ސްކްލަޕްޗަރއެއް ވެސް ވަނީ އިންގްލެންޑުގެ ހާވުޑް ހައުސްގައި ދައްކާލާފައެވެ.
މި ސްކްލަޕްޗަރ ހަދާފައި ވަނީ ބިންމަތީ އަޅާ މެޓެއްގެ ގޮތުގައެވެ. އެކި ކުލަކުލައިގެ ފަތުން ހަދާފައިވާ ސްކްލަޕްޗަރގެ މެދުގައި ޗޮކްލެޓް ކުލައިގެ ފަތްތަށް އެތުރުުމަށްފަހު މަލެއްގެ ޑިޒައިން ވަނީ ހަަދާފައެވެ.
މި ސްކްލަޕްޗަރ ދައްކާލުން އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހާރވުޑްހައުސްގައި ބެހެއްޓިފައި ހުންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!