ފިލިޕީންސްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 14 މަރު

photo_2020-08-24_18-03-38

ފިލިޕީންސްގެ ޖޯލޯ އަވަށަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 14 މީހުން މަރުވެ އެތައްބަޔަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

މިހަމަލާ ދީފައި ވަނީ އަންހެނެއްގެ ގައިގާ ބޮން ހަރުކޮށްގެން ކަމަށް މީޑިއާގައި ވަނީ ރިޕޯޓު ކޮށްފައެވެ. ފިލިޕީންސްގެ ރެޑްކްރެސެންޓްގެ ޗީފް އަދި އަދި ސެނެޓަރ ރިޗަރޑް ގޯޑަން ބުނެފައި ވަނީ މި ހަމަލާދީފައި ވަނީ މިއަދު މެންދުރު 2:00 ޖަހާކަށް ހާއިރު ކަމަށެވެ.

ގޯޑަން ހާމަކުރިގޮތުގައި އެ އަވަށަށް ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ. އޭގެތެރެއިން ފުރަތަމަ ހަމަލާ ދީފައި ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ސައިކަލެއް އެ ސަރަހައްދުގައި އޮތް މިލިޓަރީ ޓްރަކެއްގެ ކައިރީގައި ގޮއްވާލައިގެންނެވެ. މި ހާދިސާގައި ސިފައިންގެ 5 މީހަކާއި އާންމުންގެ 4 މީހަކު ވަނީ މަރުވެފައެވެ.

ދެވަނައަށް ދިން ހަމަލާ ދީފައި ވަނީ އަންހެނެއްގެ ގައިގާ ގޮވާތަކެތި ހަރުކޮށްގެން ޖާނުން ފިދާވެގެން ކަމަށާއި، އޭނާ ގޮވާތަކެތި ގޮއްވާލީ ފުލުހުން އޭނާ ހުއްޓުވުމުން ކަމަށް ގޯޑަން ބުންޏެވެ.

މި ހާދިސާ ހިނގާފައި މިވަނީ 2019 ވަނައަހަރު މިފަދަ ހަމަލާއެއްދިން ފައްޅިއެއްގެ ކައިރީގައެވެ. އެ ހަމަލާގައިވެސް 20 މީހުން ވަނީ މަރުވެފައެވެ.

އެ އަވަށުގައި ހިނގާދިޔަ ހަމަލާތަކާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މިހާރު މިމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ ގައުމުން ހާމަކޮށްފައި ވާގޮތުގައި އެ ސަރަހައްދަކީ އައިސިސް އާއި ގުޅުން އޮންނަ އަބޫ ސައްޔާފް ގްރޫޕްގެ ބާރުއޮންނަ ހިސާބެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *