އިންޑިއާގެ މުންބާއި ނިސްބަތްވާ މަހާރާޝްތްރާގައި ހުރި 5 ފަންގިފިލާގެ އިމާރާތެއް ވެއްޓީ 15 މީހުން މަރުވެއްޖެއެވެ.
އިންޑިއާސް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެއިސްވެރިޔާ އަނޫޕަމް ޝްރިވާސްތަވް ބުނެފައިވަނީ 4 މީހަކު އަދިވެސް ނުފެންނަކަމަށާއި ލަފާކުރެވޭގޮތުގައި އެމިހުންތިބީ އިމާރާތުގެ ދަށުގައި ތާށިވެފައެި ކަމަށެވެ.
ވެއްޓުނު މިއިމާރާތުގެ ދަށޫން 4 އަަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު، އެ ސަރަޙައްދުގެ ފުލުހުންނާއި ހަވާލާދީ ބިޒްނަސް ސްޓޭންޑާޑްގައި ބުނެފައި ވަނީ އެ ހާދިސާގައި 15 މީހުން މަހާތަނަށް މަރުވެފައިވާ ކަމަށާއި، އަދި ވެސް 2 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރެސްކިއުޓީމުން ލަފާކުރާގޮތުގައި މީހުންނަށް ސަލާމަތް ވެވުނީ ފުރަތަމަ ފަންގިފިލާގައިވާ ޕާރކިންގް ލޮޓްގައި ވާ އެއަރޕޮކެޓްތަކުގެ ސަބަބުން ކަމަށެވެ. ގާތްގަނޑަކަށް 97 މީހުން ވަނީ އިމާރާތުގެ ތެރެއިން ސަލާމަތުން ނުކުމެފައެވެ.
45 ފްލެޓް ހުންނަ މި އިމާރާތް ވެއްޓުނީ ހޯމަ ދުވަހު 11:30 ހާއިރުއެވެ. މި އިމާރާތުގެ 3 ،4 އަދި 5 ވަނަ ފަންގިފިލާ ވަނީ އެއްކޮށް ވެއްޓި ބިމާއި ހަމަވެފައެވެ. އެ އިމާރާތް ހުންނަނީ މުމްބާއީއާއި 120 ކިލޯ މީޓަރުގެ ރާސްތާގައި އޮންނަ މަހަދު ޑިސްޓްރިކްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!