ފިލިޕީންސްއަށް 6.6 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސް، އެކަކު މަރުވެ އެތައް ބައަކަށް އަނިޔާވެއްޖެއެވެ.

މި ބިންހެލުމުގެ އަސަރުކުރި އެ ޤައުމުގެ ސަރަހައްދުގެ އިމާރާތްތައް ހަލާކުވުމުން ގިނަބައަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

Ad
rt

މި ބިންހެލުމުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު، 43 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި އެ ޤައުމުން ބިންހެލުމުގެ އަސަރުކުރި ސަރަޙައްދުގެ އިމާރާތްތަކާއި މަގުތައް ވަނީ ހަލާކުވެފައެވެ.

މި ބިންހެލުމުގެ އަސަރު ކޮށްފައި ވަނީ ބިކޯލް ރީޖަންގެ މަސްބާޓޭ އައިލެންޑްއަށެެވެ. އަދި މިބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު 8:30 ކަންހާއިރުއެވެ. 50،000 މީހުން ދިރިއުޅެމުން އަންނަ މިއަވަށަށް އައިސްފައި ވަނީ ބާރުގަދަ ބިންހެލުމެއް ކަމަށް ސްޓާފް ސާރޖަންޓް އެންޓޯނިއޯ ލްކެމެންޓޭ ވަނީ ބުނެފައެވެ.

ފިލިޕީންސްގެ އިންށްޓިޓިއުޓް އިދް ވޮލްކޭނޮލޮޖީ އެންޑް ސީސްމިލޮގީ އިން ހާމަކޯށްފައި ވާގޮތުގައި މިބިން ހެލުން އައިސްފައި ވަނީ ކަޓައިންގަނސް 5 ކިލޯމީޓަރު ދުރުމިނުން ކަމަށާއި 21 ކިލޯމީޓަރު އަޑިން ކަމަށެވެ.

އެގައުމުގެ ރޭޑިއޯ ސްޓޭޝަން ރިޕޯރޓަރ ކްރިސްޓޮފަރ ޑެކޮމަން ބުނެފައިވަނީ ކުރީގެ ޕޮލިސް އޮފިސަރެއްގެ ހަށިގަނޑު ގާތަކުގެ ދަށުން ނެގިމަންޒަރު އޭނާއަށް ފެނުނު ކަމަށާއި އެއީ ތިން ފަންގި ފިލާއަކަށް ހަދާފައިވާ ގެއެއް ވެއްޓިފައި އޮތް ތަނެއްކަމަށެވެ. އެއީ ޕޮލިސް އޮފިސަރުގެ ގެކަމަށާއި އަނިޔާއެއްނުވެ އޭނާގެ އަނބިމީހާއަށް ސަލާމަތްވެވުނު ކަމަށް މައުލޫމާތު ލިބިފައި ވާ ކަމަށެވެ.