އެންމެފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީ އަދި މިހާތަނަށް މުޅިދުނިޔޭގައި ވެސް ފުރަބަންދު އެންމެ ހަރުކަށިކޮށް ކުރެވިގެންދިޔަ ވުހާންގައި ގިނަބަޔަކު އެއްވެގެން ވޯޓަރ ޕާކެއްގައި ޕާޓީއެއް ބާއްވައިފިއެވެ.
މާސްކާއި ގައިދުރުކަން ހަނދާން ނައްތާލާލައި އިލްކްޓްރޯނިކް މިއުޒިކް ފެސްޓިވަލެއް ވޯޓަރ ޕާކުގައި ކުރިއަށް ގެންދިއުމުން ގިނަބަޔަކު ސިފަކުރަނީ ޗައިނާގެ ވުހާން ސިޓީގެ މީހުން ކޯވިޑް-19 ހަނދާން ނައްތާލާލައި އެކަމުން އަރައިގަތީކަމަށެވެ.
ހަފްތާބަންދުގައި ވުހާން މާޔާ ބީޗް ވޯޓަރ ޕާކުގައި މިފެސްޓިވަލް ކުރިއަށް ގެންދިއައިރު، ހާހަކަށް ވުރެން ގިނަމީހުން އެކަކު އަނެކަކުގެ ގައިގައި ޖެހޭ ހާ ކައިރީގައި ތިބެ މަޖާކޮށް ފައިވަނީ އެއްވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއް ނެތިއެވެ.
ވުހާން މާޔާ ބީޗް ވޯޓަރ ޕާކުގައިބޭއްވި ޕާޓީގެ ތެރެއިންމިހާރުވެސް ދުނިޔޭގެ އެކި ގަންކޮޅުތަކުގައި 22 މިލިއަނަށް ވުރެން ގިނަމީހުން ކޯވިޑް ބައްޔަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ. އަދި އެމެރިކާ ބްރެޒިލް އިންޑިއާ ފަދަ ގައުމުތަކުން އަދިވެސް ދުވާލަކު ހާހަކަށްވުރެއް ގިނަމީހުނަށް ދަނީ ބަލިޖެހެމުންނެވެ. އަދި ޗައިނާއިން ވެސް ކޮންމެ ދުވަހަކުހެން މަދުން ނަމަވެސް ކޭސްތައް އަދި ވެސް ދަނީ ރިޕޯޓު ކުރަމުންނެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!