ޑަލްގޯނާ ކޮފީއަށްފަހު ޓްރެންޑްވަނީ "ކްލައުޑް ބްރެޑް" ރެސިޕީވެސް މިއޮތީ!

maxresdefault-1

ޓިކްޓޮކް އަކީ މަދު ސާމާނު ބޭނުން ކޮށްގެން މީރު ކާބޯތަކެތި ތައްޔާރުކުރާގޮތް ދޭތެރެއަކުން އާންމުވެގެންދާ ޕްލެޓްފޯރމްއެކެވެ. ޑަލްގޯނާ ވިޕްޑް ކޮފީ، ކްރީމް ބްރޫލީ އަށްފަހު މިހާރު އާންމުވެފައިމިވަނީ "ކްލައުޑް ބްރެޑް" އެވެ.

މިހާރު ޓިކްޓޮކްގައި cloudbread# ޖަހާލުމުން ފެނިގެން ދާނީ މުޅިން ވެސް މަޑު ކަފަކޮޅެއްފަދަ ޕާނެއް މީހުން ތައްޔާރުކުރާ ތަނެވެ. މިއީ ހަމައެކަނީ ބިހުގެ ހުދުބަޔާއި، ކޯންސްޓާރޗް އަދި ހަކުރު ބޭނުން ކޮށްގެން ތައްޔާރުކުރާ ޕާނެކެވެ.

މިޕާން ތައްޔާރުކުރަން ބިހުގެ ހުދުބައި ގޮބޮޅިއާއި ވަކިކޮށްފައި ބިހުގެ ހުދުބައި ކޭކް މިކްސަރ އިން ފޮނު އަރަންދެން މިކްސް ކޮށްލުމަށްފަހު 1 މޭޒުމަތީ ސަމްސާ ހަކުރު އަދި 2 މޭޒުމަތީ ސަމްސާ ކޯންސްޓަރޗް އަޅާ އެއްކޮށްލަ އެވެ. މިތަކެތި އެއްކޮށްލުމަށްފަހު ކޭކްމިކްސަރ އިން ފުއްގަނޑު މިކްސް ކޮށްލުމަށްފަހު 250 ޑިގްރީ އަށް އަވަން ހޫނު ކުރުމަށްފަހު 25 ވަންދެން ފިހެލާށެވެ.

ބައެއް މީހުން މިޕާން ފިހާއިރު އިތުރަށް ފުރިހަމަ ކޮށްލުމަށް ކާކުލަ، ނަޓް ނުވަތަ ތަފާތު އެސެންސް ވެސް ބޭނުންކުރެއެވެ.

 

View this post on Instagram

 

A post shared by Suzy Hendrix • Food & Desserts (@happytummy_702) on


ކޯވިޑް-19 އާއެކު ގޭ ބަންދު ޗެެލެންޖްތަަކުގެ ރަހަ ހެޔޮވަރު ކޮށްލި އެކައްޗަަށް ޑަލްގޯނާ ކޮފީތަށި ވެގެން ގޮސްފައި ވެއެވެ. ރާއްޖޭގެ ބަދިގެތަކަށް ވެސް އައިސް އެންމެންގެ އިންސްޓަގްރާމުންނާއި ފޭސްބުކް އަދި ވައިބާގައި ވެސް މިކަހަލަ ކޮފީތައްޓެއް ހަދާފައި ފޮޓޯ ނަގައި ހިއްސާ ކޮށްފައިވެއެވެ. ކުރިއަށް އޮތްތަނުގައި "ކްލައުޑް ބްރެޑް" ސުފުރާމަތިން ޖާގަ ހޯދާނެކަމަށް ބެލެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *