ހދ. ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފޭށޭނީ ކޮން އިރަކުންތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ.

Ad
rt

ސުވާލުގެ ޖަވާބު ދެއްވަމުން ވަޒީރު، އަސްލަމް ވިދާޅުވީ، އެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ނޭކުރެންދޫ ބަނދަރު މި އަހަރުގެ ބަޖެޓުގައި އެބަ އޮތް، އަޅުގަނޑުމެން މި އަހަރުގެ ތެރޭގއި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް ގެންދާނަން" އަސްލަމް ވިދާޅުވިއެވެ.

މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އަލަށްފަށާ މަޝްރޫޢޫއެއްގެ ގޮތުގައި ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް ވަނީ 4،002،6001 ރުފިޔާ ހިމަނާފައެވެ.

މިއަހަރުގެ ބަޖެޓްގައި އެރަށަށް ޖުމްލަ 16،141،293 ރުފިޔާ ހިމަނާފަވެއެވެ.