ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ނިބޫ ދެބެން ހައްޔަރުކޮށްފި
ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ނިބޫން ދެބެން (ޓުވިންސް) މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. މި ނިބޫން ހައްޔަރުކުރެވުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެފައިވެ އެވެ. ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. އަލިހަވާ / މާލެ އަދި މިހާރު ހުޅުމާލޭގެ ލޮޓެއްގައި ދިރިއުޅެމުންދާ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ. މި ދެ މީހުން […]