ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ނިބޫން ދެބެން (ޓުވިންސް) މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

މި ނިބޫން ހައްޔަރުކުރެވުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެފައިވެ އެވެ.

Ad
rt

ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. އަލިހަވާ / މާލެ އަދި މިހާރު ހުޅުމާލޭގެ ލޮޓެއްގައި ދިރިއުޅެމުންދާ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ.

މި ދެ މީހުން ހައްޔަރުކުރެވުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.

އެޕާޓްމަންޓް ބަލައި ފާސްކުރުމުގައި ފުލުހުންނަށް ފެނިފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެއާ ގުޅުންހުރި އެހެނިހެން ތަކެތިކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މީގެ ތެރޭގައި ފްލޭވަރ ޕެކެޓްތަކާއި، ވީޑް ގްރައިންޑަރެއް، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓްތައް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.