އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:29 ހާއިރު ސައިކަލަކާއި ކާރެއް ޖެހިގެންކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތުދީފައިވެއެވެ.

Ad
rt

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަމުން ދިޔަ ގދ. ފިޔޯރީ / މާގޯލްޑް މުޙައްމަދު މާހިލް މުމްތާޒް (23 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.