އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށް...