މިލަދުންމަޑުލު އުތުރުބުރީ (ށ.އަތޮޅު) ގައި ލަނގިރިޖެހުމާއި ދަފިނެގުން ފަދަ ސަޤާފީ ކުޅިވަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

އިއްޔެ ކުރި އިޢުލާނެއްގައި ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، ށ.އަތޮޅުގެ ބައެއް ރަށްރަށުގައި މި ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ދިވެހިންގެ ސަޤާފީ ކުޅިވަރުތައް ދަސްކޮށްދީ، އާލާކުރުމެވެ.

Ad
rt

ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުޞަތު ދީފައިވެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅަންޖެހޭ ނަންބަރެއްވެސް އިޢުލާނުގައި ހިމަނާފައިވެއެވެ.