ކުޅުދުއްފުށީގެ ހަ ދާއިރާ އިއުލާންކޮށް، މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި އެވެ.
ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އެ ސިޓީގައި ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.
ކުޅުދުއްފުށީގެ ހަ ދާއިރާ:
- ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
- ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
- ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
- ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
- ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
- ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)

ކުޅުދުއްފުށީގެ ރައްޔިތުން މޭޔަރު ހޮވުމަށާއި، ހަ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓު ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ކުޅުދުއްފުށި ހިމެނޭ އިދާރީ ދާއިރާ، ހދ. އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވެސް އެ ސިޓީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނެއެވެ.
އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ވެސް ކުޅުދުއްފުށީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނީ އީސީން ކަނޑައެޅި ހަ ދާއިރާއަށެވެ. އެ އިންތިހާބު ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.
Kulhudhuffushi City ge inthikhaabhee dhaairathakai anhenunah khaasa dhaairathah iulaan kurumuge rasmiyyathu #LCE2020 https://t.co/3Jb2LDuOXH
— Elections Commission (@ElectionsMv) January 10, 2020
ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ އެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު އެ ސިޓީގެ އާބާދީ އަކީ 10،210 ކަމަށް މިރޭ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!