ރާއްޖޭގައި ހިމަބިހި ފެތުރޭކަން ހެލްތް މިނިސްޓްރީއިން އާންމުކޮށް އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީއިން މިއަދު އެކަން ޢިއުލާންކުރީ ހެލްތް މިނިސްޓަރު އަބދު ﷲ އަމީން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށާ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

Ad
rt

ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް މިއަދު ހަވީރު 4:00 ގައި ހެލްތްގެ ޓީމްތައް ގޮސް ވެކްސިން ދޭން ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިވަގުތު ވެކްސިން ޖަހަންޖެހޭ ފަރާތްތަކަށް ވެކްސިން ސްޓޮކް އެބަހުރިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ހިމަބިހީގެ އެއްކޭސް ފެނި، ޝައްކު ކުރެވޭ އިތުރު ދެ ކޭސްވަނީ ރާއްޖެއިން ފެނިފައެވެ.