މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން "ތިލަދުންމަތީ ދަތުރު" ފަށައިފިއެވެ.

300 އެއްހާ މީހުންނާއެކު ތިލަދުންމައްޗަށް ކުރާ މި ދަތުރު ފަށާފައިވަނީ މިއަދު ހަވީރު 4:30 ހދ. ކުޅުދުއްފުށީ "ސީކުއީން" ބޯޓުގައެވެ.

Ad
rt

މި ދަތުރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހއ ހދ އަތޮޅަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީގެ ޢާންމު މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ.

މި ދަތުރުގައި މާދަމާ ދިއުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދުއަށެވެ. އެއަށްފަހު ހޯރަފުށީ، ކެލާ، ބާރަށް އަދި ދިއްދުއަށެވެ. އެއަށްފަހު ހދ. ހަނިމާދޫ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށީ ސިޓީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރުމުގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ބާއްވާ އުތުރު މަހާސިންތާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.