އަންނަ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ ވޯޓު ލިސްޓް އާންމުކުރާ ދުވަސް އިލެކްޝަންސް ކޮމިސަނުން މިއަދު ހާމަކޮށްފިއެވެ.

އެ ކޮމިސަންގެ ނައިބު ރައީސ އަހުމަދު އަކުރަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރައްވާނެ ކަމަށެވެ.

Ad
rt

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް 10 ދުވަސް ލިބޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވަނީ އެ ކޮމިޝަނުން އާންމުކުރާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވޭ މުއްދަތުގެ ތެރޭގައި، ޝަކުވާ ހުށައެޅުމަށް ސަމާލުވުމަށް އެދިފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.