ކޯލިޝަން ސަރުކާރެއްގަައި ކޯލިޝަންގައި ހިމެނޭ އެންމެހާ ބައިވެރިންނަކީވެސް މުހިންމު ބައެއްކަމަށް ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދު ﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގު މިންވަރު ދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް އެތައް ގޮތަކުން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޔާޒް މިގޮތަށް ވިދާޅުވީ " ހައްޤު މިންވަރު ނުދެވިގެން މިއުޅެނީ ކޯލިޝަނާ ހެދި: ނަޝީދު " މިސުރުޚީގެ ދަށުން ރާއްޖެ އެމްވީގައި ގެނެސްދީފައިވާ ޚަބަރެއް ޝެއަރކުރައްވާ ރައްދު ދެއްވަމުންނެވެ.
ރިޔާޒު އެހެންވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުން ނުދާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝިދު ވިދާޅުވުމާ ގުޅިގެންނެވެ.
ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އުތުރަށް ކުރަމުން ގެންދާ އުތުރުގެ ދަތުރުގައި ހއ. އިހަވަންދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާއި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް ،އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުންދާ ނުދާ ކަމަށެވެ. އަދި ވިދާޅުވީ އެ ހިތްހަމަ ޖެހުން ނާންނަ ސަބަބަކީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ގެނައުމަށް އެކުލަވާލާފައިވާ ކޯލިޝަނެވެ. ކޯލިޝަނުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މިއޮތް ސަރުކާރު އުފެދިފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ އެމްއާރުއެމް ގުޅިގެންނެވެ.
މިސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން ދިޔައިރު ރައީސް ނަޝިދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މިސަރުކާރުއައީ ހުރިހާ ފިކުރެއް އެއްވެ، އަނިޔާއާއި ކޮރަޕްޝަނައް ނޫނެކޭބުނެ އެތައް ރަށްޔިތުންނެއްވީ ޤުރުބާނީއެއްގެ ނަތީޖާއިންކަމަށް ގިނަ ރައްޔިތުން ދެކެއެވެ.
އަބުދު ﷲ ރިޔާޒަކީވެސް މިސަރުކާރު ގެނައުމުގައި ބޮޑެތި ޤުރުބާނީވީ ބޭފުޅުންކުރެ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ޔާމީނުގެ ސަރުކާރުން އަނިޔާވެެރިވެ، ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމުން ރިޔާޒްވަނީ އޭރުގެ އިދިކޮޅު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރުމުގައި އިސްފަރާތެއްގެ ދައުރު އަދާކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުގެ ތޭރިތަކުގެ ބިށްދޮށުގައި ރިޔާޒް އަނިޔާވެރި ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ. މި ސަރުކާރު އައުމަށްފަހު، 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖޮއިންޓް ޕީޖީ ލީޑަރުކަންވެސް ރިޔާޒު ކުރެއްވިއެވެ.
ރިޔާޒްގެ އިތުރަށް ޔާމީންގެ ސަރުކާރު ބަލިކުރުމަށް އެތައް ސިޔާސީ ލީޑަރުންނަކާއި، އެކި ފަންތީގެ އެކި ގިންތީގެ އެކި ފިކުރުގެ އެތައްބަޔެއް އެތައް ޤުރުބާނީއެއް ވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!