20 މީހުންނާއި އެކު އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި 20 މީހުންނާ އެކު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 16:55ގައި ލިބިފައިވާ ކަމަށާއި ކޮރަލް ސްޕީޑު ނަމަކަށް ކިޔާ އެ ލޯންޗު ފަރަށް އެރީ ގިރާވަރު ރިސޯޓު (ސެންޓާރާ ރަސް ފުށި ރިސޯޓު އެންޑް ސްޕާ)ގެ ދެކުނު ފަރާތު ފަރަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭޭން މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!