Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,597 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު އެހީއެއް!
Raajje

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު އެހީއެއް!

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން އިކޮނޮމިކް ސަޕޯޓް ފަންޑިއެއްގެ ގޮތުގައި ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދިންކަން ހާމަކުރައްވައިފައެވެ. އެކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. Thank Secretary @...

"ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނަން": ކަރަންޓީންގައި ތިބި ސިފައިން
Raajje

"ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނަން": ކަރަންޓީންގައި ތިބި ސިފައިން

“ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނަން” މިއީ ކޯވިޑް ވިލެޖުގެ މަސައްކަތް ކުރުމުގައި ހުއްޓުމެއްނެތި ކަރަންޓީންގައި ތިބެގެންވެސް ކުރަމުން އަންނަ ދިވެހި ސިފައިންގެ ހިތްވަރުގަދަ އަޒުމެވެ. ކޯވިޑް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ކަރަންޓީންގައި ތިބި ސިފައިންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ނިންމަވާލެއްވުމަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު...

މަނަދޫ މީހެއް ކޯވިޑަށް ޕޮޒިޓިވުވެ ރަށަށް ހާސްކަން
Raajje

މަނަދޫ މީހެއް ކޯވިޑަށް ޕޮޒިޓިވުވެ ރަށަށް ހާސްކަން

ފެތުރެމުންދާ ކޯވިޑް-19 އަށް ނ. މަނަދޫ މީހަކު ޕޮޒިޓިވުވެއްޖެއެވެ. ކޯވިޑް-19 ބަލި މީހުން ރާއްޖޭގެ އަތޮޅުތަކުން ފެންނަން ފަށާފައިވާއިރު، ނ. މަނަދޫ މީހަކު އެބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލިވެގެން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދިނުމުގެ ތެރޭގައި ހެދި ކޯވިޑް ޓެސްޓަށް ޕޮޒިޓިވް ވުމުން ކަމަށް އެރަށުން “ތިލަދުން”އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. މަނަދޫއިން ކޯވިޑަށް ޕޮޒިޓިވްވީ އުމުރުން ދުވަސްވެ، ބަލިވެ އުޅޭތީ ގޭން ބޭރަށްވެސް ނުނިކުމެވޭ އަންހެނެއް ކަމަށާއި، އެ މީހާއަށް ކާން އުނދަގޫވުމުން […]

ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި
Thiladhunmathi News

ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި

ކޯވިޑް-19 އަށް ށ. ނަރުދޫން އިތުރު 7 މީހުން ފައްސިވެފައިވާއިރު، އެ މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްވެފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު މިނޫހަށް ވިދާޅުވީ، އެ ރަށުން އިތުރު 7 މީހުން ކޯވިޑަށް ފައްސިވިކަން އަންގާފައި ވާއިރު، 24 ގަޑި އިރު ފާއިތު ވަމުންދާއިރު އެމީހުންނަށް އިތުރު ފަރުވާއެއް ނުދެވި، ކަރަންޓީނު ފެސިލިޓީއަށްވެސް ނުގެންދެވި ތިބުމުން ރައްޔިތުން ތިބީ ހާސްކަމާއި، ކަންބޮޑުވުމުގައި [...

މިނިސްޓަރު އަމީންގެ ޖަވާބު މަޖިލީހަށް ފޮނުވައިފި
Raajje

މިނިސްޓަރު އަމީންގެ ޖަވާބު މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް މަޖިލިސް ރައީސް ނިންމަވާފައިވަނިކޮށް މިނިސްޓަރު އަމީނުގެ ޖަވާބު މަޖިލިސްއަށް ފޮނުވައިފިއެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާއަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:31 ގައި އިމެއިލް މެދު...

ހެލްތު މިނިސްޓަރު އަމީން ގާނޫނު އަސާސީއާ ހިލާފުވެއްޖެ: މަޖިލިސް ރައީސް
Raajje

ހެލްތު މިނިސްޓަރު އަމީން ގާނޫނު އަސާސީއާ ހިލާފުވެއްޖެ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނާ ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ. މަޖިލިސް އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވ...

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
Raajje

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިނިސްޓްރީ އޮފް ފިނޭންސްއިން އިތުރުކޮށްފިއެވެ. މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫޢު ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ. މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވ...

ފާޑުު ކިޔުން ބޮޑުވެ ހދ އަތޮޅު ކައުންސިލްގެ ރައީސް އިސްތިއުފާ ދީފި
Thiladhunmathi News

ފާޑުު ކިޔުން ބޮޑުވެ ހދ އަތޮޅު ކައުންސިލްގެ ރައީސް އިސްތިއުފާ ދީފި

ޒިންމާއިން ރެކިވަޑައިގެން ހުންނެވުމުން ފާޑުު ކިޔުން ބޮޑުވެ ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުން އާދަމް އަލީ އިސްތިއުފާ ދެއްވައިފިއެވެ. އާދަމް އަލީ ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އެކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ އައްސަދު ވަނީ މިނޫހަށް ޔަގީން ކޮށްދެއްވާފައެވެ. އާދަމް އަލީ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އާދަމް އަލީ އަކީ އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި އުތުރު ދާއިރާ ތަމްސީލް ކުރަން އިންތިހާބު...

ޗައިނާއިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް އަޅައިދެނީ
Raajje

ޗައިނާއިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް އަޅައިދެނީ

ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 800 މީހުންގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމްކޮށް ދޭން ޗައިނާއިން ނިންމައިފި އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން، ޗައިނާގެ ސަރުކާރުގައި އެހީއަށް އެދިފައިވާ ކަމަށާއި، އެހެންވެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުން 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލީޓީއެއް އަޅައިދޭން ނިންމާފައިވާ ކަމަށެވެ. މި ކަރަންޓީނު ފެސިލީޓީގެ މަސައްކަތަށް ސަމާނާއި ވަސީލަތްތަކާ...

އެޖެންޑާ 19ގެ އުންމީދަކީ، އޮއްޓަރު ހުރިވާހަކަ ދައްކާފައި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން: ޒަރިޔަންދު
Raajje

އެޖެންޑާ 19ގެ އުންމީދަކީ، އޮއްޓަރު ހުރިވާހަކަ ދައްކާފައި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން: ޒަރިޔަންދު

އެޖެންޑާ-19 ގެ އުންމީދަކީ، ރާއްޖޭގެ މާލީ، އިޤްތިޞާދީ ކުރިމަގަށް އަސަރުކޮށްފާނޭ ކަންކަމުގައި، މަޖްލީހުގެ ޖަލްސާގައި އޮއްޓަރުހުރި ވާހަކަ ތަކެއް ދައްކާފައި، އެރޭ ބާއްވާ ޕާރލަމަންޓަރީ ބައްދަލުވުމުގައި އަޑުގަދަކުރާ މީހުންދެކެ ބިރުން ދެއްކި ވާހަކައާއި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅު ވެއްޖެއެވެ. ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޒަރިޔަންދު މިގޮތަށް ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައިއެވެ. ޒަރިޔަންދު ގެންދަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކެރިގެން ވަކާލާތު ކުރަ...

ޝުކުރު ކުރާށެވެ! ޝަކުވާ ނުކުރާށެވެ!: ޑރ. ޒިޔާދު
Raajje

ޝުކުރު ކުރާށެވެ! ޝަކުވާ ނުކުރާށެވެ!: ޑރ. ޒިޔާދު

ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ކާއެއްޗެއްސަށް ފާޑު ކިޔަނީ ކީއްވެތޯ ސުވާލު ކުރަށްވައި، ސިއްހީ ހިދުމަތްތެރިން ތަހައްމަލު ކުރަމުންދާ ހާލަތު ކުރުކޮށް ވިދާޅުވެ، ހާލަތަށް ޝުކުރުވެރިވެ، ޝަކުވާ ނުކުރުމަށް ޑރ. ޒިޔާދު އެދި ވަޑައިގެންފިއެވެ. ” ތިބާ ކަރަންޓީނު ނުވަތަ އެކަހެރި ކޮށްފައި ހުންނަ އިރު ލިބޭ ކާއެއްޗެއްސަށް ފާޑު ތިކިޔަނީ ކީއްވެ ހެއްޔެވެ؟” ޑރ. ޒިޔާދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ. އެއަށްފަހު ވިދާޅުވެފައި ވަނީ ޑަކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ ހިދުމަތްތެރީން ނުކ...

އިހަވަންދޫ ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަނީ
Thiladhunmathi News

އިހަވަންދޫ ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަނީ

ހއ. އިހަވަންދޫގެ ދެކުނު ފަރާތު ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް އާދަޔާއި ހިލާފަށް މަރުވެ ކުނިވަމުން އެބަދެއެވެ. މިކަމާއި ބެހޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ، ގިނަ އަދަދެއްގެ މުށިމަސް އެރަށު ފާޅުތެރެއިން މަރުވެފައިވާ ކަމަށާއި އެއްގަމަށް ލައްގާފައިހުރި މަސްތައް ސިއްހީމަރުކަޒުގެ ލަފަޔާއެކު މިއަދު ވަޅުލާފައިވާކަމަށެވެ. މޫދުގައި މަރުވެފައިވާ މަސްތައް ފެންމައްޗަށް އަރާ ފަޅުތެރެ ކިލަނބުވެފައިވާކަމަށް ބުނެފައިވެއެވެ. އެ ރަށުގެ ފަޅުތެރެއިން ތިލަވެގެން ހެދިފައިވާ...

ކޯވިޑް-19: ވެކްސިނެއް ޓެސްޓުކުރަން ފަށައިފި
International

ކޯވިޑް-19: ވެކްސިނެއް ޓެސްޓުކުރަން ފަށައިފި

ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ތަކުގެ ތެރެއިން، ދެވަނަ ފަހަރަށް ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމަކުން ތިން މަސްދުވަހުގެ މަސައްކަތުން ތައްޔާރު ކުރި މި ވެކްސިން ފުރަތަމަ ދެވުނީ ދެ މީހަކަށެވެ. އެގޮތުން ފުރަތަމަ ޓެސްޓަށް ވެކްސިން ދެވުނު އެޑްވަޑް އަދި އެލީސާ އަށް މި ވެކްސިން ދީފައިވަނީ މިކަމަށް ހޮވާލެވުނު 800 މީހުންގެ ތެރެއިންނެވެ. ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އ...

މޫދަށް ކުނިއެޅުން ހުއްދަކުރުމުން ފާޑުކިއުންބޮޑުވެ، ދިއްދޫ ކައުންސިލުން ނެރުނު އުސޫލު ބަދަލުކޮށްފި
Thiladhunmathi News

މޫދަށް ކުނިއެޅުން ހުއްދަކުރުމުން ފާޑުކިއުންބޮޑުވެ، ދިއްދޫ ކައުންސިލުން ނެރުނު އުސޫލު ބަދަލުކޮށްފި

ފުރަ ބަންދުގެ ދުވަސްވަރު މޫދަށް ކުނިއެޅުން ހުއްދަކޮށްފައިވާތީ އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތައް އަމާޒުވުމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ނެރުނު އުސޫލު މުރާޖާކޮށްފިއެވެ. ދިއްދޫ ކައުންސިލުން މޫދަށް ކުނިއެޅުން ހުއްދަކަމަށް ނިންމައި އެކަން އަންގާފައި ވަނީ މިއަދު ގެ ވަގުތެއްގައެވެ. ކޮވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ ފުރަބަންދުކުރުމުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކައުންސިލުން ނެރެފައިވާ އެންގުމެއްގައެވެ. ހއ. ދިއްދޫ ކައުންސިލުން ފުރަތަމަ ނެރުނު އެންގުމުގައި ބުނެފައި ވަނީ، ގެއިން ބޭރަ...

މިޙާލަތުގައި އަޅާ ފިޔަވަޅު ތަކަކީ މުޑުދާރު ޢަމަލުތަކަކަށް ވެގެން ނުވާނެ: އޭސީސީ
Raajje

މިޙާލަތުގައި އަޅާ ފިޔަވަޅު ތަކަކީ މުޑުދާރު ޢަމަލުތަކަކަށް ވެގެން ނުވާނެ: އޭސީސީ

މި ޙާލަތުގައި، އަޅާ ފިޔަވަޅުތަކާއި، ނިންމާ ނިންމުންތައް އަމިއްލަ މަންފާއާއި، މަޞްލަޙަތު ޙިމާޔަތް ކުރުމަށް ކުރެވޭ މުޑުދާރު ޢަމަލުތަކެއް ކަމުގައި ވެގެން ނުވާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބުނެފިއެވެ. އޭސީސީއިން އެގޮތަށް ބަޔާންކޮށްފައިވަނީ އެ ކޮމިޝަނުން އެކުލަވާލި ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާގައިއެވެ. އެ އިރުޝާދުނާމާގައި އޭސީސީން ބުނެފައިވަނީ ކޯވިޑް-19 ގެ މި ކުއްލި ޞިއްޙީ ކާރިސާގެ ސަބަބުން ލިބެމުންދާ ތަފާތު އެކި ގެއްލުންތައް...