އެޖެންޑާ-19 ގެ އުންމީދަކީ، ރާއްޖޭގެ މާލީ، އިޤްތިޞާދީ ކުރިމަގަށް އަސަރުކޮށްފާނޭ ކަންކަމުގައި، މަޖްލީހުގެ ޖަލްސާގައި އޮއްޓަރުހުރި ވާހަކަ ތަކެއް ދައްކާފައި، އެރޭ ބާއްވާ ޕާރލަމަންޓަރީ ބައްދަލުވުމުގައި އަޑުގަދަކުރާ މީހުންދެކެ ބިރުން ދެއްކި ވާހަކައާއި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅު ވެއްޖެއެވެ.

ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޒަރިޔަންދު މިގޮތަށް ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައިއެވެ. ޒަރިޔަންދު ގެންދަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކެރިގެން ވަކާލާތު ކުރަށްވަމުންނެވެ. އަދި އެކި މުއައްސަސާތަކުން ނިންމާ ނިންމުންތައް ވީހާވެސް ދެފުށް ފެންނަގޮތަށް، ޤައުމަށް އެންމެ ލާބަ ކުރުވަނިވި ހަމައަކުން ނިންމުމަށް ޒަރިޔަންދު ގެންދަވަނީ ބާރުއަޅުއްވައި، ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޒަރިޔަންދު މިއަދު އިތުރަށް ކުރެއްވި ޓުވީޓެއްގައި ވަނީ ކޯވިޑް-19 ގެ ޚަރަދާއި ބަޖެޓް، ބަހަނާ ނުދައްކައި ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައްވާފައެވެ.

" ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ވިދާޅުވީ ކޯވިޑް-19 އާއި ގުޅޭ ޚަރަދުތައް އެ ކޮމިޓީއަށް އެނގޭކަމަށް! ކޯވިޑް-19 އަށްފަހު އެންމެ ބައްދަލުވުމެއް ބޭއްވުނު ކޮމިޓީއަކީ އެ މުޤައްރިރު ތޯ؟ ކޯވިޑް-19ގެ ޚަރަދާއި ބަޖެޓް ބަހަނާ ނުދައްކާ ރައްޔިތުންނަށް ހާމަކުރޭ "

ޒަރިޔަންދު ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދަކީ ޓެންޑަ ބޯޑުގައި އާއްމުން ތަމްސީލްކުރައްވާ މެމްބަރެކެވެ. އޭނާ ގެންދަވަނީ، ބައެއް މަޝްރޫއުތަކުގައި ހިންގާ އުސޫލާ ޚިލާފު ބައެއް ކަންކަން ތިލަކުރައްވަމުންނެވެ.