އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން އިކޮނޮމިކް ސަޕޯޓް ފަންޑިއެއްގެ ގޮތުގައި ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދިންކަން ހާމަކުރައްވައިފައެވެ. އެކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

Ad
rt

އިއްޔެ ޖަޕާނުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ އެހީ ދީފައެވެ. އެ ފައިސާ ބޭނުން ކުރަން ނިންމާފައި ވަނީ މެޑިކަލް އިކުއިޕްމެންޓާއި ބޭސް ގަތުމުގެ އިތުރުން އޮންލައިން ކްލާސްތައް ބާއްވާށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28،9 މިލިއަން ޑޮލަރު ދީފައިވާއިރު، އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފަ އެވެ.