ހއ. އިހަވަންދޫގެ ދެކުނު ފަރާތު ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް އާދަޔާއި ހިލާފަށް މަރުވެ ކުނިވަމުން އެބަދެއެވެ.
މިކަމާއި ބެހޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ، ގިނަ އަދަދެއްގެ މުށިމަސް އެރަށު ފާޅުތެރެއިން މަރުވެފައިވާ ކަމަށާއި އެއްގަމަށް ލައްގާފައިހުރި މަސްތައް ސިއްހީމަރުކަޒުގެ ލަފަޔާއެކު މިއަދު ވަޅުލާފައިވާކަމަށެވެ.
މޫދުގައި މަރުވެފައިވާ މަސްތައް ފެންމައްޗަށް އަރާ ފަޅުތެރެ ކިލަނބުވެފައިވާކަމަށް ބުނެފައިވެއެވެ. އެ ރަށުގެ ފަޅުތެރެއިން ތިލަވެގެން ހެދިފައިވާ ވެލިގަނޑުގައި އޮންނަ ސަރަހައްދުގެ ފަޅުތެރޭގެ ލޮނުގަނޑު ވަރަށް ބޮޑަށް ވަނީ ހަޑިވެފައެވެ.
މިގޮތަށް މަސް މަރުވާ ސީދާ ސަބަބެއް އަދި ނޭންގޭ، ނަމަވެސް މިކަމަކީ ފަޅުތެރޭގެ އޮއިވަރު ހިނގާ ގޮތާ ގުޅުމެއް އޮތްކަމަކަށް ވެދާނެ،
މުޙައްމަދު ރަޝީދު ބުނެފައިވެއެވެ.
ވެލިގަނޑަށް ލައްގާފައި ހުރި ހުރިހާ މަހެއް ވަޅުލުމުގެ މަސައްކަތް ކޮށްފައިވަނީ އިހަވަންދޫ ކޯވިޑު19 ޓާސްކްފޯސްގެ މެމްބަރުންކަން ރަޝީދު ފާހަގަ ކުރެއްވިއެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާކަމަށް ބުނެފައިވެއެވެ.

އެރަށުނއ ވާހަކަ ދެއްކި އެހެން މީހަކު މަޢުލޫމާތުދިން ގޮތުގައި މިއީ އެރަށުގައި ކަރަންޓީނުކޮށްފައިވާ ކާވިޔާ ބޯޓު ޓިސް އިންފެޓް ކުރުމުގެ ސަބަބުން އެބޯޓުން ފޭބި ފެނުގެ ސަބަބުން ދިމާވި ކަމެއްކަމަށް ލަފާކުރެވޭކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!