ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހުޅުމާލެ އިން ހައްޔަރުކޮށްފި އެވެ.
2021 މެއި 06 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމީހާ ހޯދަމަށް ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ އިއްޔެ އެވެ.
ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި ކަމަށް ބުނާ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފުލެޓެއްގައި ހުއްޓަކަމަށް މަޢުލޫމާތުލިބެއެވެ. ފަތިހުން ފެށިގެން ފުލުހުން އައީ100 ނަންބަރު ފުލެޓް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
#Breaking: Malé gai dhin bomuge hamalaa aa gulhigen Fuluhun hoadhamun dhiya 3 vana meeha Hulhumalé in athulaiganejje! pic.twitter.com/CFLj5oJAzv
— Mohamed faisal (@Mohamedfaisalv) May 9, 2021
ބޮމުގެ ހަމަލާއާ ގުޅިގެން ތިން ވަނަ މީހަކު މިއަދު ހެނދުނު ހައްޔަރުކުރިކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ކާކުކަން އަދި ހާމައެއް ނުކުރެއެވެ. ފުލުހުންބުނީ މިކަމާއި ގުޅޭ މަޢުލޫމާތު ފަހުން ހާމަކުރާނެކަމަށެވެ.
We can confirm that a third individual has been arrested in connection to #May06TerrorAttack early today.
We will keep sharing more developments as the investigation continues.
Please use https://t.co/jnzTcz2neU to share information related to #May06TerrorAttack
— Maldives Police (@PoliceMv) May 9, 2021
އެމީހާ ހައްޔަރުކޮށްގެން ގެންދާމަންޒަރު މީސްމީޑިޔާގައި އެކިފަރާތްތަކުން އަންނަނީ ހިއްސާކުރަމުންނެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން މީގެ ކުރިން ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކީ އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިފަރާތެވެ. އަދި ދެން ހައްޔަރު ކުރި ފަރާތަކީޥެސް އެ ހަމަލާއާއި ގުޅުން އޮތް ފަރާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައްސަލަ ތަހުގީގު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމީހާ އަކީ މި މައްސަލައިގެ އެންމެ މުހިއްމު މީހާ ކަމަށެވެ.
ފުލުހުންނާއި ދައުލަތުގެ ކަމާއި ބެހޭ އެހެން މުއައްސަސާތައް ގުޅިގެން ދަނީ މި ހަމަލާ ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!