ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު
ހެޔޮވެރިކަމަށް ޖާގަދިނުމަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށްޔިތުންނަށް ވެސް ވޯޓު އަޅަންވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް އިއްޔެ ފޯކައިދޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވާދަވެރިން ފާހަގަވާ...