ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް މިއަދު އޭނާއަށް އިއްވާފައިވާއިރު، އޭނާ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު އިނގޭ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރާ ބޭފުޅަކު "ތިލަދުން"އަށް ވިދާޅުވީ، ޢާއިލީ ޒިންމާ ޗުއްޓީއެއްގައި އަސްހަދު ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށެވެ. ނަމަވެސް ދިޔަ ވަކި ގައުމެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރަށް ފުރަންޖެހޭ ވާހަކަ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އަސްހަދު ދެއްކެވި، ޔަގީނުން ވެސް އޭނާ ރާއްޖޭގައި ނެތް" އޭނާ ބުންޏެވެ.
15 ދުވަހުގެ ޖަލު ހުކުމާއެކު އަސްހަދު އޭނާ ފުރުއްވަމުން ގެންދެވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވެސް މިއަދު ވަނީ ވަކިކޮށްފައެވެ.
އަސްހަދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!