Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,665 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ރައީސް ޞާލިޙަށް އިހްތިރާމް ކުރާނެ ލީޑާޝިޕެއް އެމްޑީޕީގައި އޮތުން މުހިންމު، ފަޔާ ހޮވަންވީ އެހެންވެ: ދީދީ
Raajje

ރައީސް ޞާލިޙަށް އިހްތިރާމް ކުރާނެ ލީޑާޝިޕެއް އެމްޑީޕީގައި އޮތުން މުހިންމު، ފަޔާ ހޮވަންވީ އެހެންވެ: ދީދީ

ކުރިއަށް އޮތް ދޮޅު އަހަރު މިޤައުމުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް އިހްތިރާމް ކުރާނެ ލީޑާޝިޕެއް އެމްޑީޕީގައި އޮތުން ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓު ދޭންވީ އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ދީދީ މިހެން ވިދާޅުވީ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް...

ޕާޓީ ހިންގާލަން ރަނގަޅީ ފަޔާ، އެއީ ގާބިލު މަސައްކަތްތެރި ބޭފުޅެއް: ރިޟާ
Thiladhunmathi News

ޕާޓީ ހިންގާލަން ރަނގަޅީ ފަޔާ، އެއީ ގާބިލު މަސައްކަތްތެރި ބޭފުޅެއް: ރިޟާ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސް، އެ ޕާޓީ ވަރުގަދަކޮށް ހިންގާލަން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި ރިޟާ ވިދާޅުވީ، ޗެއާޕާސަން ކަމަކީ ދުނިޔ...

މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި
Raajje

މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި

ށ. މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި އެވެ. މިއަދު މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެއެވެ. މަރޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބް...

ފަނޑިޔާރުންނަށާއި، ސަލާމަތީ ޚިދުމަތްތެރިންނަށް ބިރުދެއްކުން ހުއްޓާލަން އެމްއެންޕީން ގޮވައިލައިފި
Raajje

ފަނޑިޔާރުންނަށާއި، ސަލާމަތީ ޚިދުމަތްތެރިންނަށް ބިރުދެއްކުން ހުއްޓާލަން އެމްއެންޕީން ގޮވައިލައިފި

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނަށާއި، ސަލާމަތީ ޚިދުމަތްތެރިންނަށް ބިރުދައްކައި ނުފޫޒު ފޯރުވުން ހުއްޓާލަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާ...

ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި
Raajje

ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ. ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ...

ފެހެންދޫ ފަޅުގައި އަލިފާނުގެ ހާދިސާއެއް، ބޯޓަކާއި ލޯންޗެއް އަޅިއަށް
Raajje

ފެހެންދޫ ފަޅުގައި އަލިފާނުގެ ހާދިސާއެއް، ބޯޓަކާއި ލޯންޗެއް އަޅިއަށް

ބ. ފެހެންދޫ ފަޅުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިހާދިސާގައި މުދާ އުފުލާ ބޯޓަކާއި ލޯންޗެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާދިސާ ހިނގާފައިވަނީ މިރޭ 1:25 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ. އަލިފާން ރޯވި އިރު ދެ އުޅަނދުގައިވެސް މީހަކު ނެތްކަމަށެވެ. މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އުޅަނދުތަކެއްވަނީ އަޅާފަ އެވެ. ނަމަވެސް ރޯވެ އަނދަން ފެށުމުން އެ އުޅަނދުތައްވަ އެހެން ސަރަހައްދަކަށް […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހޯދަން އިޢުލާންކުރި ބިޝާރު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހޯދަން އިޢުލާންކުރި ބިޝާރު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަން އިޢުލާންކުރި ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ  މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިންކަމަށެވެ. އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހ...

ފަޔާ އާއި "އެމްޑީޕީ ހިންގާލަން ޓީމް" ހުރިހާ ރަށަކަށް ދަތުރުކޮށްފި
Raajje

ފަޔާ އާއި "އެމްޑީޕީ ހިންގާލަން ޓީމް" ހުރިހާ ރަށަކަށް ދަތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އާއި އޭނާގެ “އެމްޑީޕީ ހިންގާލަން” ކެމްޕެއިން ޓީމް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފިއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ހިމެނޭ މިޓީމްގެ ދަތުރު ނިންމާލެއްވުމަށްފަހު ފަޔާ ވިދާޅުވީ، ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ކޮޅުމަޑުލުން ނިންމާލެވިފައިވާ ކަމަށެވެ. “މުޅިރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި...

ޝީޒާ، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލުކޮށްފި
Raajje

ޝީޒާ، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ، ސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މުލިއާގޭގައި، މެޑަމް ފަޒްނާއާއި ބައްދަލުކުރެއްވުމަށްފަހު ޝީޒާ ވިދާޅުވީ، އޭނާ އިސްވެ ހިންގަވާ ވީލަވް ޖަމްޢިއްޔާގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެޑަމް ފަޒްނާއާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާއަށް ދިމާވާ ގޮންޖ...

އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް
Thiladhunmathi News

އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް

އެހެން ރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ފުނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެރަށަށް ވެލި ގެނައުމަކީ ފުނަދޫ ރައްޔިތުންނާއި، އެ ކައުންސިލް ވެސް އެދޭގޮތެއް ނޫންކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ށ. ފޯކައިދޫ ބަނދަރު ސަރަހައްދުން ނަގާފައިވާ ވެލިން ވެލި އެހެން ރަށަކަށް ގެންދާތީ އެރަށުގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި މިކަމާއި ނުރުހި ޝުޢޫރުފާޅުކުރަމުންދާއިރު، އަދި އެރަށު ބައެއް މީހުން ވަނީ ބަނދަރު ސަރަޙައްދެއް އެއް ވެ...

ފާތިހު އާއި ގުޅުވައިގެން ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށްފި
Raajje

ފާތިހު އާއި ގުޅުވައިގެން ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ތުނޑި/ދުންފިނިއުފާ، އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 2021 މެއި 6 ވަނަ ދުވަހު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ […]

ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ
Thiladhunmathi News

ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް (ރޮޒޭ)، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރުންގެ 90 ޕަސެންޓް ވޯޓު ކާމިޔާބު ކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރ...

މާރާމާރީއަކާ ގުޅިގެން ހޯދަމުންދިޔަ އިތުރު ދެމީހަކު ހައްޔަރުކޮށްފި
Raajje

މާރާމާރީއަކާ ގުޅިގެން ހޯދަމުންދިޔަ އިތުރު ދެމީހަކު ހައްޔަރުކޮށްފި

މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މެއި 7 ވަނަ ދުވަހު މާލެއިންނެވެ. ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ […]

ދޮރުންދޮރަށް ހިނގައި ނިމިއްޖެ، އިރާދަކުރެއްވިއްޔާ މޮޅުވާނަން: އިންތި
Raajje

ދޮރުންދޮރަށް ހިނގައި ނިމިއްޖެ، އިރާދަކުރެއްވިއްޔާ މޮޅުވާނަން: އިންތި

ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގައި ނިންމާލެވިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އިންތި މިހެން ވިދާޅުވީ އޭނާއާއި، އޭނާގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމް މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރުމަށް ފެއްޓެވި ކެމްޕެއިންގައި ހުރިހާ ރަށަ...

ފާތުންގެ ޑޯޓުޑޯއަށް ބޮޑު ތަރުހީބެއް
Raajje

ފާތުންގެ ޑޯޓުޑޯއަށް ބޮޑު ތަރުހީބެއް

ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އިއްޔެ ހަވީރު ވިލިމާލޭގައި ހިންގި މަހަރާކާތުގައި އިސްބޭފުޅެއް ގޮތުގައި ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެެވެ. މޭޔަރު މުޢިއްޒުގެ އިތުރުން މި ހަރާކާތުގައި މާލޭ ސިޓީގެ ޕީޕީއެމް ކައުންސިލަރުންނާއި، ފާތުނ...