ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަން އިޢުލާންކުރި ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިންކަމަށެވެ.

Ad
rt

އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންއަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ 19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ.

އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 2021 މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވެސް ވަނީ މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދަޢުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުންވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

މުޙައްމަދު ބިޝާރު އިސްމާޢީލް ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައެވެ.

ބިޝާރު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ މިއަދު އެވެ.