ބ. ފެހެންދޫ ފަޅުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިހާދިސާގައި މުދާ އުފުލާ ބޯޓަކާއި ލޯންޗެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ.

Ad
rt

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާދިސާ ހިނގާފައިވަނީ މިރޭ 1:25 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ. އަލިފާން ރޯވި އިރު ދެ އުޅަނދުގައިވެސް މީހަކު ނެތްކަމަށެވެ.

މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އުޅަނދުތަކެއްވަނީ އަޅާފަ އެވެ. ނަމަވެސް ރޯވެ އަނދަން ފެށުމުން އެ އުޅަނދުތައްވަ އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ބުނީ އެސަރަހައްދުގައި ފުލުހުން މިވަގުތު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވެފައިވާ ބޯޓަކީ އެރަށުގައި ގެސްޓް ހައުސްއެއް ހެދުމުގެ މަސައްކަތްކުރާ ބަޔެއްގެ އެއްޗެއްކަމަށް މަޢުލޫމާތު ލިބެ އެވެ. ލޯންޗަކީ މީހުން އުފުލުމަށް އެރަށުގައި ބޭނުން ކުރަމުން އަންނަ ލޯންޗެކެވެ.

ބޯޓުގެ ބައިތައް ވަނީ 4 ޖަހާކައްހާއިރު ފަޅުތެރެއަށް އަޑިއަށް ގޮސްފަ އެވެ.

އެރަށު ބައެއް މީހުން ތުހުމަތުކުރަނީ އެބޯޓުގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށެވެ.