އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އާއި އޭނާގެ "އެމްޑީޕީ ހިންގާލަން" ކެމްޕެއިން ޓީމް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ހިމެނޭ މިޓީމްގެ ދަތުރު ނިންމާލެއްވުމަށްފަހު ފަޔާ ވިދާޅުވީ، ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ކޮޅުމަޑުލުން ނިންމާލެވިފައިވާ ކަމަށެވެ.

Ad
rt

"މުޅިރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެމްބަރުންގެ އަޒުމާ ހިތްވަރަށް ސާބަހާ ޝުކުރު ދަންންވަން" ފަޔާ ވިދާޅުވެފައެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭގޮތުގައި ހިންގާލަން ކެމްޕެއިންޓީމްގެ ދަތުރު ތަކުގައި އެމްޑީޕީގެ މެންބަރުންގެ ކިބައިން ވަނީ ކެންޑިޑޭޓް ފައްޔާޒަށާއި، ރޮޒައިނާއަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ފަޔާ އާއިއެކު ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގައި ނިންމާލެވިފައިވާ ކަމަށް އިންތިގެ ޓީމުން ޢިއުލާން ކުރީ މި މަހުގެ 8 ވީ އާދީއްތަ ދުވަހުއެވެ.