Skip to main content

މަރްޔަމް ސިމާނާ

Viewer
🇲🇻 ތިލަދުން Desk
47 Stories
8 Reads

Published on ތިލަދުން (Thiladhun) by މަރްޔަމް ސިމާނާ

Raajje

ޕީޖީ ކަމަށް ޝަމީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ. ޕީޖީގެ މަގާމް ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމާއެކު މިމަގާމަށް ދެން ކުރިމަތިލެއްވީ  ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް ރައިސް އިބްރާހިމް ޞާލިހު ފޮނުއްވި ސިޓީފުޅުފައި ވަނީ ޝަމީ...

Thiladhunmathi News

ހޯރަފުށި ގިރަމުން ދަނީ، ހައްލެއް ނުލިބޭ!

ހއ. ހޯރަފުށީގެ އުތުރު ފަރާތް ގިރަމުންދާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ. މިހާރު މޫސުމް ގޯސްވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ. Sad! Case of #Hoarafushi – trees have started to fall as predicted, more land lost, yet no one was able to even take a temporary measure to stop waves attacking the sensitive areas @MTCCPlc @MoEnvmv @MoHUDmv @UNEP […]

Business

ބީއެމްއެލްގެ މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާގެ އިނާމް

މި އަހަރު އަލަށް ތައާރަފް ކުރި މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ. މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ޕްްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި، މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާފެ އިނާމ...

އެމެރިކާގައި ގާތްގަނޑަކަށް 6000 ޖިންސީ ފުރައްސާރައިގެ ޝަކުވާ ލިބިފައިވާ ކަމަށް އޫބާރ އިން ބުނެފި
International

އެމެރިކާގައި ގާތްގަނޑަކަށް 6000 ޖިންސީ ފުރައްސާރައިގެ ޝަކުވާ ލިބިފައިވާ ކަމަށް އޫބާރ އިން ބުނެފި

ފާއިތުވި ދެ އަހަރުތެރޭގައި ގާތްގަނޑަކަށް 6000 ޖިންސީ ފުރައްސާރައިގެ ޝަކުވާ ލިބިފައިވާކަމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްސީ ވިޔާފަރި ކުރާ އޫބާއިން ބުނެފިއެވެ. އެމެރިކާގެ މި ކުންފުންޏަކީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައިވެސް ބޭނުން ކުރާ ހިދުމަތެކެވެ. އޫބާގެ ހިދުމަތަކީ ރައްކާތެރި ހިދުމަތަކަށް ހެދުމަށްޓަކައި އޫބާއިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު 5،981 ޝަކުވާ އެމެރިކާއިން ލިބިފައިވާކަމަށެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަ އަކީ ގިނަ ކުންފުނިތަކުން ދައްކާ...

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި
Raajje

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ރާއްޖޭގެ އިންޓަރނޭޝަނަލް ރިޒާވް އާއި ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް ގިނަ ދުވަސްތަކަކަށްފަހު ރަނގަޅުވާން ފަށައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް މިދިޔަ އޮކްޓޯބަރު މަސް ނިމުނު ހުރީ 225.7 މިލިއަން ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31.4 ޕަސެންޓް އިތުރު އަދެދެކެވެ. މި އަހަރުގެ ކުރީކޮޅު ޔޫޒަބްލް […]

އެންމެ ގިނަ އެމެރިކާ ކުޑަކުދިންނަށް ކިޔާ 10 ނަމުގެ ތެރޭގައި "މުހައްމަދު"
News

އެންމެ ގިނަ އެމެރިކާ ކުޑަކުދިންނަށް ކިޔާ 10 ނަމުގެ ތެރޭގައި "މުހައްމަދު"

އެމެރިކާގެ އަލަށް އުފަންވާ ކުޑަކުދިންނަށް އެންމެ ގިނައިން ކިޔާ ނަންތަކުގެ ތެރޭގައި “މުހައްމަދު” މި ނަން ހިމެނިއްޖެއެވެ. “މުހައްމަދު”ގެ އިތުރުން އަންހެން ކުދިންގެ ލިސްޓްގައިވެސް ވަނީ އަރަބި ނަމެއްކަމަށްވާ “އާލިޔަ” ހިމެނިފައެވެ. މި ލިސްޓަކި “ބޭބީ ސެންޓަރ” އިން ތައްޔާރު ކޮށްފައިވާ ލިސްޓެކެވެ. އެމެރިކާގެ އެންމެ ގިނަ މާބަނޑުމީހުން ބޭނުން ކުރާ މި ވެބްސައިޓުން ހަދާފައިވާ ލިސްޓްގައި އެންމެ 600،000 މީހުންގާތު، އެމީހުންގެ ދަރިންގެ ނަން އަހާފައި ވާއިރު، “އާލިޔާ” އަދި “މުހައްމަދު” ވަނީ އެންމެ ގިނައިން ބޭނުނ...

ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް
Thiladhunmathi News

ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް

ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާގޮތުގެ ތާވަލް އިއުލާން ކޮށްފިއެވެ. އެގޮތުން ޑިސެމްބަރު 8 ވާ އާދިއްތަ ދުވަހު، މަކުނުދޫ އަދި ވައިކަރަދޫ އަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.9 ވާ ހޯމަ ދުވަހު، ނޮޅިވަރަމް، ނޮޅިވަރަންފަރު، އަދި ނެއްލައިދޫ އަށް ދާއިރު، އަންގާރަ ދުވަހު ވަނީ ކުމުންދޫ އަދި ނޭކުރަންދޫއަށް ދާގޮތަށް ހަމަޖެހިފައެވެ. 11 ޑިސެމްބަރުވާ ބުދަ ދުވަހު، ފިނޭ، ހިރިމަރަދޫ، ނައިވާދޫ އަދި ކުރިނބީ އަށް ދާން ހަމަޖެހިފައިވާއިރު […]

ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި 60 ޤައިދީއެއްގެ އަދަބު ލުއިކޮށްދީފައިވޭ
News

ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި 60 ޤައިދީއެއްގެ އަދަބު ލުއިކޮށްދީފައިވޭ

ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތައް ދައްކާގޮޮތުގައި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. އޭޖީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށާއި އަދި49 މީހަކަށް މައާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާދެއްވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް،60 ގައިދީންނަށް އަދަ...

އޯޓިސްޓިކް ކުއްޖެއް މަސަލަސް ކުރީ ޑައުންސިންޑްރަމް ކުއްޖެއް!
International

އޯޓިސްޓިކް ކުއްޖެއް މަސަލަސް ކުރީ ޑައުންސިންޑްރަމް ކުއްޖެއް!

ކުލާސްރޫމެއްގެ ތެރޭގައި އޯޓިސްޓިކް ކުއްޖެއް ރޮމުން ދާއިރު އެކުއްޖާ މަސަލަސް ކުރި ޑައުންސިންޑްރަމް ކުއްޖެއްގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ. މެކްސިކޯގެ ސްކޫލެއްގެ ޓީޗަރެއް ފޭސްބުކް ގައި ޝާއިއު ކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ އޯޓިސްޓިކް ކުއްޖެއް ރޮމުންދާއިރު އޭނާގެ ކްލާސގައި އުޅޭ ޑައުންސިންޑްރަމް ކުއްޖެއް އައިސް ގައިގައި ބައްދާލައި ކަރުން ފޮހެލަދޭ މަންޒަރެވެ. އަދި ބުރަކަށީގައި ފިރުމާލުމަށްފަހު ބައްދަލާއިން ހުރެއެވެ. ބަލާލަން ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. https://twitte...

ކުޑަ އަންހެންކުއްޖަކާއި ސަލާމް ނުކުރެވުމުން އަބޫދާބީގެ ވަލީއަހުދު އެކުއްޖާގެ ގެއަށް ޒިޔާރާތް ކުރެއްވުން
International

ކުޑަ އަންހެންކުއްޖަކާއި ސަލާމް ނުކުރެވުމުން އަބޫދާބީގެ ވަލީއަހުދު އެކުއްޖާގެ ގެއަށް ޒިޔާރާތް ކުރެއްވުން

އަބޫދާބީގެ ވަލީއަހުދު، ޝެއިޚް މުހައްމަދު ބިން ޒައިދު ބައިވެރިވެ ވަޑައިގެންނެވި ރަސްމީ ހަފްލާއެއްގައި ކުޑަ އަންހެން ކުއްޖަކުއާ ސަލާމް ނުކުރެއްވެވުމުން އެކުއްޖާގެ ގެއަށް ވަލީއަހުދު ވަޑައިގަންނަވައިފިއެވެ. އައިޝާ މުހައްމަދު މަޝީތު އަލް މަޒްރާއޯ ނަމަކަށް ކިޔާ މި ކުޑަ އަންހެން ކުއްޖާ ސަލާމް ކުރަން އަތްދިކޮށްލި ނަމަވެސް ވަލީއަހުދު އަށް އެތަން ނުފެނި ސަލާމް ނުކުރެވި ދެވުނީއެވެ. މި މަންޒަރު ވީޑިއޯއަށް އަރައި އެވީޑިއޯ ވައިރަލް ވެގެން ދިޔައެވެ. މި ރަސްމިއްޔާތުގައި ވަލީއަހުދުގެ އަރިހުގައި ސައުދީގެ ޑެޕިއުޓީ...

ޓެލެގްރާފް ގެ އެންމެ މަގްބޫލް މަންޒިލުގެ ލިސްޓްގައި ރާއްޖެ!
Raajje

ޓެލެގްރާފް ގެ އެންމެ މަގްބޫލް މަންޒިލުގެ ލިސްޓްގައި ރާއްޖެ!

“ގްރޭޓެސްޓް ކަންޓްރީ އޮން އާރތް” ގެ ލިސްޓްގު 20 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެވެ. މި ލިސްޓްގެ އެއްވަނަ 7 ވަނަ ފަހަރަށް ލިބިފައިވަނީ ނިއުޒިލެންޑަށެވެ. ޔޫކޭގެ “ޓެލެގްރާފް”ގެ އާންމު ކިޔުންތެރިންގެ ވޯޓުން ހަދާ މިލިސްޓްއިން ދެން ޖާގަ ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި، ސައުތް އެފްރިކާ، ޖަޕާން، ބޫޓާން، ކެނެޑާ، އޮސްޓްރޭލިއާ އަދި އިޓަލީ ހިމެނެއެވެ. 2011 ވަނަ އަހަރު މި ލިސްޓްގެ އެއްވަނަ އަށް ޔޫއެސް އައިސްފައިވާއިރު މިފަހަރު ޔޫއެސް އޮތީ 24 ވަނާގައެވެ. ގިނަ […]

Business

ފަންނީ މީހުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި އެމް.ޑަބްލިޔު.އެސް.ސީ އާއި ޕޮލިޓެކްނިކުން ސޮއިކޮށްފި

ފަންނީ ދާއިރާތަކަށް މީހުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި މާލޭ ވޯޓާރ އެންޑް ސްވެރޭޖް ކޮމްޕެނީ، (އެމް.ޑަބްލިޔު.އެސް.ސީ) އާއެކު މޯލްޑިވްސް ޕޮލިޓެކްނިކުން ސޮއިކޮށްފިއެވެ. މިއަދު ފެން ބިލްޑިންގައި ބޭއްވުނު ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢާދަމް ޢާޒިމެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ސީ.އީ.އޯ އަޙުމަދު ނާޞިރެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން...

ހިޝާން އަކީ ލޯކަލް ޗެމްޕިއަންއެއް!
News

ހިޝާން އަކީ ލޯކަލް ޗެމްޕިއަންއެއް!

ލިޓަސް ކުންފުނިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގުހޯދުމަށް މަސައްކަތްކުރާ އަހުމަދު ހިޝާން އަކީ “ލޯކަލް ޗެމްޕިއަން” އެއްގެ ގޮތުގަިއ އަގުވަޒަންކޮށްފިއެވެ. ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވާ އަދި، އެފަދަ ކުދިން ގޮވައިގެން މިސްކިތަށާއި ހޮސްޕިޓަލްތަކަށް ވެސް ދާ ފަރާތެކެވެ. އަދި ހަމައެހެންމެ އަތޮޅު ތެރޭގައު ދިރިއުޅޭ މިފަދަ ކުދިންނަށް އެހީތެރިވުމަށްޓަކައި އެކި ރަށްރަށަށް ވެސް ދަތުރުކުރާ ފަރާތެކެވެ. ލިޓަސް ކުންފުނިން ފޭސްބުކްގައި ޝާއިއު ކޮށްފައިވާ ޕޯސްޓެއްގައި ބު...

މަރުވަމުން އަންނަ ރާއްޖޭގެ ފަރުތަކުން އިތުރު މުރަކަތައް އާލާވަމުން އެބަދޭ!
Raajje

މަރުވަމުން އަންނަ ރާއްޖޭގެ ފަރުތަކުން އިތުރު މުރަކަތައް އާލާވަމުން އެބަދޭ!

މޫސުމުގެ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތަކާއި ބަދަލުތައް ރަނގަޅުވަމުން އަންނަ ކަމުގެ އަލާމާތްތައް ފެންނަ ކަމަށް ސާވޭ އަކުން ދައްކައިފިއެވެ. މެދުރާއްޖޭތެރޭގެ 250 ކިލޯމީޓަރުގެ ބައެއް މި ސާވޭގައި ބަލާފައިވަނީ، ބައޮސްފިއަރ އެކްސްޕެޑިޝަނާއި، މެރިން ކޮންޒަވޭޝަން ސޮސައިޓީ އާއި، ރީީފް ޗެކް މޯލްޑިވްސް އަދި ރާއްޖޭގެ އެންޖީއޯ އެއްކަމަށްވާ ސޭވް ދަ ބީޗް އާއިގުޅިގެންނެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދިޔަ ނުވަ ވަނަ ސާވޭއެވެ. މި އެކްސްޕެޑިޝަން ކުރިއަށް ގެންދ...

36 ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

36 ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

36 ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އިއުލާން ކޮށްފައިވާ ސްކޫލްތަކުގެ ތެރޭގައި، ހއ. ފިއްލަދޫ ސްކޫލް، ހއ. މޮޅަދޫ ސްކޫލް، ހއ. ބާރަށު ސްކޫލް، ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ފިނޭ ސްކޫލް، ހދ. ނޭކުރެންދޫ ސްކޫލް، ށ. ފީވަކު ސްކޫލް، ށ. ބިލެއްފަހި ސްކޫލް، ށ. ފޭދޫ ސްކޫލް، އަދި ށ. ނޫމަރާ ސްކޫލް ހިމެނެއެވެ. މި އިއުލާނުގައި އެމްއެސް2 ގެ ރޭންކްއިން ފެށިގެން އީއެކްސް6 ގެ […]