ހޯރަފުށި ގިރަމުން ދަނީ، ހައްލެއް ނުލިބޭ!

D5120F92-1E08-4C4C-8330-CB1A9974BB78

ހއ. ހޯރަފުށީގެ އުތުރު ފަރާތް ގިރަމުންދާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ. މިހާރު މޫސުމް ގޯސްވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ.

ރަށްގިރުމުގެ ސަބަބުން ހޭޅިފަށުގައިވާ ގަސްތައްވެސް ވަނީ މޫދަށް ވެއްޓިފައެވެ. މި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ތަކުރާރު ކޮށް ޓްވިޓާގައި މި ވާހަކަ ހިއްސާކޮށްފައިވީ ނަމަވެސް އަދިވެސް މި މައްސަލައަށް ވަގުތީ ހައްލެއްވެސް ވަނީ ނުލިބިފައެވެ.

ރަށްގިރުމުގެ މައްސަލަ އަކީ ރާއްޖޭގެ ވަރަށްގިނަ ރަށްތަކަށް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މިއީ އެކަށީގެންވާ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަދި 2 އެއަރޕޯޓް ރަށުގައި ހަދާ އެއްކޮށް ފަރު މަތީ ތާރު ފަށަލަ ދަމާލީމަ ހައްލު ލިބޭނެ.

    1. ހޭބަލި ނުވޭ އެއަރ ޕޯޓުއަޅަނީ މި ސަރަހަށްދާ އެތަށް ކިލޯ މީޓަރެއް ދުރުގަ.. މިއީ 26 ކިލޯ މީޓަރުގެ ދިގު ބިޔަ ފަޅެއް.. އެއަރޕޯޓު އެޅުމުގެ ކުރިންވެސް ގިރާވަރު ހިލަ ޖަހާފަ އެއޮތީ އެހެން އޮއްވާވެސް ގިރަންފެށީ.. ހަސަދައިގެން އަލިފާނުން އަނދާހުލިވެ ހުރެ ނޭނގޭ ވާހަކަ ނުދައްކާ.. އެއަރޕޯޓު އެއޮތީ އަޅަން ފަށާފަ ދެން ހިން ދިރުވާޕަ ދިރުވާޕަ ހުރޭ ވާނެ އެއްކަމެއް ވެސް ނޯންނާނެ.. ދެން ލަލަލާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި