ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ޕީޖީގެ މަގާމް ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމާއެކު މިމަގާމަށް ދެން ކުރިމަތިލެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް ރައިސް އިބްރާހިމް ޞާލިހު ފޮނުއްވި ސިޓީފުޅުފައި ވަނީ ޝަމީމް އެ މަގާމަށް އައްޔަން ކޮށްދެއްވުމަށް އެދިފައެވެ.
މިއަދުގެ މަޖިލީހުގައި ޝަމީމް އައްޔަން ކުރެއް ވުމަަށް ފާސްވެފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި74 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީން ޝަމީމްއާ އިންޓަވިއު ކުރުމަށްފަހު، އޭނާ އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ، ޝަމީމް އަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ. ޝަމީމަކީ އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީހުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ސިޔާސީ އިސް ބޭފުޅުންގެ ވަކީލުންގެ ޓީމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!