ފާއިތުވި ދެ އަހަރުތެރޭގައި ގާތްގަނޑަކަށް 6000 ޖިންސީ ފުރައްސާރައިގެ ޝަކުވާ ލިބިފައިވާކަމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްސީ ވިޔާފަރި ކުރާ އޫބާއިން ބުނެފިއެވެ.
އެމެރިކާގެ މި ކުންފުންޏަކީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައިވެސް ބޭނުން ކުރާ ހިދުމަތެކެވެ. އޫބާގެ ހިދުމަތަކީ ރައްކާތެރި ހިދުމަތަކަށް ހެދުމަށްޓަކައި އޫބާއިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު 5،981 ޝަކުވާ އެމެރިކާއިން ލިބިފައިވާކަމަށެވެ.
ޖިންސީ ފުރައްސާރައިގެ ވާހަކަ އަކީ ގިނަ ކުންފުނިތަކުން ދައްކާ ވާހަކަތަކަކަށް ނުވިނަމަވެސް އޫބާރ އިން ވިސްނަނީ ކޮންމެ ދެއަހަރުން އެއް އަހަރު މިފަދަ ކޭސްތަކުގެ ރިޕޯޓެއް އާންމުންނާ ހިއްސާކުރުމަށެވެ. ސަބަބަކީ މިފަދަ ގޮތަކަށް ކަންތައް ބަދަލުކުރާ ނަމަ މިފަދަ ހާދިސާތައް މަދުވުމުގެ ފުރުސަތު އޮންނާނެތީއެވެ. މިހާރު، އެމެރިކާގެ ސޭފްޓީ ރިޕޯޓް ތައް ޝާއިއު ކުރިނަމަވެސް، އެހެން ގައުމުތަކުގެ މިފަދަ ރިޕޯޓް ތައް ނެރުމަށް އަދި ވަކި ޕްލޭންއެއް ނެތް ކަމަށްވެެސް އޫބާރއިން ބުނެއެވެ. އޫބާރގެ ހިދުމަތަކީ ރައްކާތެރި ހިދުމަތެއް ނޫންކަމަށްބުނެ ޔޫކޭއިން ވަނީ އުބާގެ ލައިސަންސްވެސް އަތުލާފައެވެ.
އޫބާއިން ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރު 3045 ޝަކުވާ ލިބިފައިވާއިރު، 2017 ވަނަ އަހަރު ލިބިފައިވަނީ 2936 ޝަކުވާއެވެ. އޫބާރ އަކީ އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ ޓެކްސީ ހިދުމަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!