"ގްރޭޓެސްޓް ކަންޓްރީ އޮން އާރތް" ގެ ލިސްޓްގު 20 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެވެ. މި ލިސްޓްގެ އެއްވަނަ 7 ވަނަ ފަހަރަށް ލިބިފައިވަނީ ނިއުޒިލެންޑަށެވެ.
ޔޫކޭގެ "ޓެލެގްރާފް"ގެ އާންމު ކިޔުންތެރިންގެ ވޯޓުން ހަދާ މިލިސްޓްއިން ދެން ޖާގަ ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި، ސައުތް އެފްރިކާ، ޖަޕާން، ބޫޓާން، ކެނެޑާ، އޮސްޓްރޭލިއާ އަދި އިޓަލީ ހިމެނެއެވެ. 2011 ވަނަ އަހަރު މި ލިސްޓްގެ އެއްވަނަ އަށް ޔޫއެސް އައިސްފައިވާއިރު މިފަހަރު ޔޫއެސް އޮތީ 24 ވަނާގައެވެ.
ގިނަ ބައެއްގެ އެންމެ މަގްބޫލު މަންޒިލަކަށް ނިއުޒިލެންޑް ވެފައިވަނީ އަޖައިބުވާ ފަދަ ފަރުބަދަ ތަކާއި އެތަނުގެ ގުދުރަތީ ރީތި ކަމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ދިވެހިރާއްޖެ އަކީ ވެސް ގުދުރަތީ ދޮންވެލި ގޮނޑުދަށާއި ވިލު ނޫކުލައިގެ މޫދަށް ވަރަށް މަޝްހޫރު މަންޒިލެކެވެ. އަދި ކަނޑުއަޑީގެ ރީތި ކަމަށް ވެސް ދިވެހިރާއްޖެ އަކީ ވަރަށް މަގުބޫލް މަންޒިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!